28 އޮކްޓޯބަރު 2024 - 14:50 0
މުހައްމަދު ޝަހްޒާން
28 އޮކްޓޯބަރު 2024 - 14:50 0
މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާގެ އާރްއޯއެސް ފޯ ކޮމްޕެނީ އާ އެކު ފިޝަރީޒް މިނިސްޓަރީން މިއަދު ސޮއިކޮށްފި އެވެ.
ފިޝަރީޒް މިނިސްޓަރީން ބުނީ އެ އެއްބަސްވުމުގެ ދަށުން މުލަކުގައި އަޅާ ކޯލްޑް ސްޓޯރޭޖުގައި ދުވާލަކު 50 ޓަނުގެ މަސް ބްރެއިން ފްރީޒް ކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށެވެ.
ސްޓޯރޭޖު ޑިޒައިން ކުރުމުގެ މަސައްކަތާއެކު ފެސިލިޓީ އަޅައި ނިންމުމަށް އެ ކުންފުންޏަށް ދީފައި ވަނީ 300 ދުވަހެވެ. މިނިސްޓަރީން ބުނީ މުޅި މަޝްރޫއު އަށް 5.1 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށެވެ.
މުލަކުގައި އެ ފެސިލިޓީ ގާއިމު ކުރުމުން މ. އަތޮޅުގެ މަސްވެރިންނަށް ބޮޑު ލުޔެއް ލިބި، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފިޝަރީޒް މިިނިސްޓަރީން ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment