28 އޮކްޓޯބަރު 2024 - 04:14 0
ލީވާން އަލީ ނާސިރު
ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: އިލެކްޝަނާއި އޭސީސީގެ މުސްތަގިއްލުކަން ނަގާ ނުލާން ޑެމްސްއިން ވަނީ ސަރުކާރަށް ގޮވާލާފައި -- ފޮޓޯ: އަދަދު ފައިލް
28 އޮކްޓޯބަރު 2024 - 04:14 0
އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުސްތަގިއްލުކަން ނަގާލުމުގެ އަމަލެއް ނުހިންގުމަށް ދަ ޑިމޮކްރެޓްސް އިން ސަރުކާރަށް ގޮވާލައިފި އެވެ.
ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އީސީ އާއި އޭސީސީގެ ރައީސުންނާއި ނައިބުރައީސުން ކަނޑައަޅައި އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ކަންބޮޑުވާ ކަމަށެވެ.
"އެއިރެއްގައި އޮންނަ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވެސް ބައިވެރިވާ އާންމު އިންތިހާބުތައް ބާއްވާ ކޮމިޝަނާއި، ސަރުކާރަށް ވެސް އަމާޒުވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބެލުމަށް އޮންނަ ކޮމިޝަނާއި، މި ދެ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލުކަން މުހިއްމުވެފައި ލާޒިމުވަނީ ސަރުކާރުގެ ނުފޫޒެއްގައި ނުޖެހި އެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެ ކޮމިޝަންތަކުން އަދާކުރަންޖެހޭތީ ކަމަށް މި ޕާޓީން ދެކެން،" ޑެމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.
އޭސީސީ އާއި އީސީއަށް ރައީސަށް ބާރު ފޯރުވޭ ގޮތަށް ބަދަލުކުރަނީ
މިވަގުތު ރައީސް އައްޔަނު ކުރަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން. ރައީސް ފޮނުވާ ނަންތައް މަޖިލީހުން ފާސްކުރަން ޖެހޭއިރު މަޖިލީހުގައި އޮތީ ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ. ރައީސް މުއިއްޒު ބޭނުންވާ ހުރިހާ ނިންމުމެއް މަޖިލީހުން ދަނީ އެމަނިކުފާނު އަންގަވާ ގޮތަށް ނިންމަމުން.
އޭސީސީ އާއި އީސީއަށް ރައީސަށް ބާރު ފޯރުވޭ ގޮތަށް ބަދަލުކުރަނީ
މިވަގުތު ރައީސް އައްޔަނު ކުރަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން. ރައީސް ފޮނުވާ ނަންތައް މަޖިލީހުން ފާސްކުރަން ޖެހޭއިރު މަޖިލީހުގައި އޮތީ ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ. ރައީސް މުއިއްޒު ބޭނުންވާ ހުރިހާ ނިންމުމެއް މަޖިލީހުން ދަނީ އެމަނިކުފާނު އަންގަވާ ގޮތަށް ނިންމަމުން.
އެ ބަޔާނުގައި ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުތަކުން ރައީސުލްޖުމްހޫރިއްޔާ އީސީ އާއި އޭސީސީގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަނުކުރާ ގޮތަށް ބަދަލުކުރުމަކީ އެ ކޮމިޝަންތަކުގެ މުސްތަގިއްލުކަމަށް ލޮޅުންއަރުވާލާނެ ކަމެއް ކަމަށެވެ.
އެއީ ދިވެހި ރައްޔިތުންގެ އިންތިހާބީ އެންމެހައި ހައްގުތަކުގެ އިންސާފުވެރިކަމާ މިނިވަންކަން ކަށަވަރު ކުރުމުގެ ޒިންމާ އަދާކުރަންޖެހޭ އިލެކްޝަންސް ކޮމިޝަނާއި، ރައްޔިތުންގެ މާލިއްޔަތާއި ދައުލަތް ހިންގުމުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާ ފަސާދަ މިނިވަންކަމާއެކު ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ އަދާކުރަންޖެހޭ އޭސީސީގެ މަސައްކަތުގެ ތެރެއަށް ރައީސް ވަދެވަޑައިގަތުން ކަމަށް ވެސް ޑެމޮކްރެޓްސްއިން ބުންޏެވެ.
އެއީ ޑިމޮކްރެޓިކް އަސާސްތައް އަދި ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ވެސް ތަންދޭ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment