Advertisement

ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން -- ފޮޓޯ: އަހުމަދު


ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅި އާއި ދަޅު ފުލުހުން ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ސަފާރީ ބަލައި ފާސްކޮށް 1،224 ބަނގުރާ ދަޅާއި 124 ބަނގުރާ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ބަނގުރާ އަތުލައިގަތުން -- ފޮޓޯ: ފުލުހުން


އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނާ ސުވާލު ކުރުމަށްފަހު އެ މީހުން ވަނީދޫކޮށްލައިފަ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

ހުއްދަ ނުނަގައި ސަފާރީތަކުގައި ބަނގުރާ ވިއްކުމާއި ސަފާރީތަކުގައި ވިއްކާ ބަނގުރާތައް ރިސޯޓްތައް ފިޔަވައި އެހެން ރަށްތަކަށް ބޭލުމަކީ މަނާ ކަމެކެވެ.