Advertisement

ކުޅުންތެރިންގެ މަސައްކަތާމެދު ހިތްހަމަ ޖެހޭ: ޑްރަގަން

27 އޮކްޓޯބަރު 2024 - 09:17 0

ކުވައިތު ސިޓީ

އަތޫފް އާތިފް

އަތޫފް އާތިފް

އަރްކަޑަގް މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު ޑްރަގަން ޑުކަނޯވިޗް - ފޮޓޯ: އަތޫފް އާތިފް / އަދަދު


ކުޅުންތެރިންގެ މަސައްކަތާމެދު ހިތްހަމަ ޖެހޭ: ޑްރަގަން

27 އޮކްޓޯބަރު 2024 - 09:17 0

ކުވައިތު ސިޓީ

އޭއެފްސީ ޗެލެންޖް ލީގުގައި ތުރުކުމެނިސްތާންގެ ޗެމްޕިއަން އަކްރަޑަގް އަތުން 2-1 ގެ ނަތީޖާ އަކުން ބަލިވި، މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ސާބިއާގެ ޑްރަގަން ޑުކަނޯވިޗް ބުނެފި އެވެ.

މާޒިޔާ އިން ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލިއިރު، އަކްރަޑަގް މޮޅުވީ ފަހަތުން އަރައި ދެ ވަނަ ހާފުގަ އެވެ. މި މެޗުން ފެނިގެންދިޔައީ، ކޮމްޕެޓިޓިވް މެޗުތަކެއް ކުޅެން ނުލިބި 90 މިނެޓު އެއް ފެންވަރެއްގައި ހިފެހެއްޓުމަކީ އުނދަގޫ ކަމެއްކަން ކަމަށް ޑްރަގަން ވަނީ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ.

އަކްރަޑަގް މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ރަނގަޅަށް ކުޅެ ލީޑު ނަގަން ފުރުސަތުތަކެއް ވެސް ފަހި ކުރި އެވެ. ޑްރަގަން ބުނީ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނުނަމަ މެޗުން މޮޅުވެވުނީސް ކަމަށެވެ.

"ފުރަތަމަ ހާފުގައި އަހަރެންގެ ޓީމުން ރަނގަޅަށް ކުޅުނު. ދެތިން ފުރުސަތެއް ވެސް ލިބުނު ރަނގަޅު (ގޯލް ޖަހަން) ދެ ގޯލުގެ ލީޑެއް މި ހާފުގައި ލިބުނު ނަމަ ނަތީޖާ ބަދަލުވާނެ." ޑްރަގަން ބުންޏެވެ.

ޑްރަގަން ބުނީ, ރާއްޖޭގައި ލީގު ނުކުޅެ ގިނަ ދުވަސްތެކެއް ވެއްޖެ ކަމަށާއި, އެހެންވެ މި ވަރުގެ މެޗުތަކަށް ނުކުންނައިރު, އެ އުނދަގޫ ހުންނާނެ ކަމަށެވެ. ހާއްސަކޮށް 90 މިނެޓު އެއް ފެންވަރެއްގައި ހިފެހެއްޓުން އެއީ އުނދަގޫ ކަމެއް ކަމަށް ޑްރަގަން ބުންޏެވެ.

"ރާއްޖޭގައި ކޮމްޕެޓިޓް މެޗުތަކެއް ނުކުޅެވެ. ލީގު އޮތީ މެދުކެނޑިފަ, ކޮމްޕެޓިޓިވް މެޗުތަކެއް ނުލިބި މި ވަރުގެ މެޗުތަކުގައި (90 މިނެޓު) ކުޅެން އުނދަގޫވާނެ" ޑްރަގަން ބުންޏެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ފަހުން މާޒިޔާ އިން ކުޅުނު ފުރަތަމަ ރަސްމީ މެޗެެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފަށާތީ މާޒިޔާ އިން މި ފަހަރުގެ ޗެލެންްޖް ލީގަށް މި ނުކުތީ ދޮޅު މަހެއްހާ ދަވަހު ޕްރެކްޓިސްކޮށް ރަސްމީ މެޗެއް ނުކުޅެ އެވެ.

ޗެލެންޖް ލީގުގައި މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ބައްދަލުކުރާނީ އަލް އަރާބީއާ ދެކޮޅަށެވެ. ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގައި އޮތީ ތިން ގްރޫޕެކެވެ. ތިން ގްރޫޕުން އެއް ވަނަ އަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވާއިރު، ދެން ކުއާޓާ އަށް ދާނީ، ތިން ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.