Advertisement

އައިލެންޑް އޭވިއޭޝަނުން ޖެނިފާ ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އަލުން ވަޒީފާ ދޭން އަންގައިފި

26 އޮކްޓޯބަރު 2024 - 16:25 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާއިޝަތު ޖެނިފާ: އޭނާ އައިލޭންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ކަމުން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް


އައިލެންޑް އޭވިއޭޝަނުން ޖެނިފާ ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އަލުން ވަޒީފާ ދޭން އަންގައިފި

26 އޮކްޓޯބަރު 2024 - 16:25 2

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ އަހަރުގެ ޑިސެމްބަރު 28، ގައި އާއިޝަތު ޖެނިފާ ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅައި، އޭނާއަށް އަލުން އެ ވަޒީފާ ދޭން އަންގައިފި އެވެ.

މި ހިނގާ އޮކްޓޯބަރު 13، ގައި ކުރި ޓްރައިބިއުލަނުން ނިންމި ނިންމުމުގައި ބުނީ ޖެނިފާ ވަޒީފާއިން ވަކިކުރީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ހުއްދަ ކުރާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބުރަވެވެން ނެތް ކަމަށާއި އޭނާ ވަކި ކުރީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

އެ ހުކުމުގައި އައިލެންޑް އޭވިއޭޝަންގެ މައްޗަށް އަމުރު ކޮށްފައި ވަނީ ޖެނިފާ ކުރިން އަދާ ކުރަމުން ދިޔަ މަގާމަށް އަލުން ރުޖޫއަކޮށް، އޭނާއަކީ ވަޒީފާއިން ވަކިވި ފަރާތެއް ކަމަށް ނުބަލައި ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން މައްސަލަ ނިމުނު ތާރީހާ ހަމައަށް ހޭދަވި މުއްދަތަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

ޖެނިފާ ހުންނެވީ މަގާމުގެ ގޮތުން މުސާރަ އާއި އިނާޔަތްތަކާއެކު އޭނާއަށް މަހަކު 56،171ރ. ލިބެ އެވެ. އެހެންކަމުން ޖެނިފާ މަގާމުން ވަކި ކުރި ފަހުން ހިނގައިދިޔަ 10 މަސް ދުވަހަށްވާ 561،710ރ. އައިލެންޑް އޭވިއޭޝަނުން އޭނާއަށް ދޭންޖެހޭނެ އެވެ.

އޭގެ އިތުރުން ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރަ އާއ އިނާޔަތްތައް ނަގައިދިނުމަށް ވެސް ޓްރައިބިއުނަލުން ވަނީ އަންގައިފަ އެވެ. ހުކުމުގައި ބުނެފައި ވަނީ އެ ފައިސާ ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.