Advertisement

ވިއްސާރައިގެ ސަބަބުން މެޗު ނުކުޅެވި ޗެމްޕިއަންކަން ތައިލެންޑަށް

25 އޮކްޓޯބަރު 2024 - 14:02 0


ވިއްސާރައިގެ ސަބަބުން މެޗު ނުކުޅެވި ޗެމްޕިއަންކަން ތައިލެންޑަށް

25 އޮކްޓޯބަރު 2024 - 14:02 0

ބޫޓާނުގެ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގެ ފައިނަލްގައި ރާއްޖެ އާއި ތައިލެންޑް ބައްދަލުކުރަން އޮތް ފައިނަލް މެޗު ވިއްސާރައިގެ ސަބަބުން ނުކުޅެވިގެން، ލީގު ރައުންޑާއި ނެޓް ރަން ރޭޓަށް ބެލުމަށް ފަހު ޗެމްޕިއަންކަން، ތައިލެންޑަށް ދީފި އެވެ.

ރާއްޖެ އާއި ތައިލެންޑްގެ އިތުރުން އިންޑޮނޭޝިއާ އާއި ބޫޓާންގެ މެދުގައި ކުރިއަށްދިޔަ މި ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތަކީ، ބޫޓާންގައި ގާއިމްކުރި ފުރަތަމަ ކްރިކެޓް ސްޓޭޑިއަމް ހުޅުވަން ކުޅުނު މުބާރާތެކެވެ. ތައިލެންޑް ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ރާއްޖެ ވަނީ ލީގު ބުރުގައި، ބޫޓާނާއި ތައިލެންޑް އަތުން ބަލިވިޔަސް، ލީގު ބުރުގައި އިންޑޮނޭޝިއާ އަތުން އަދި ސެމީ ފައިނަަލުގައި ބޫޓާން އަތުން މޮޅުވެ، 14 އަަހަރު ތެރޭ ފުރަތަމަ ފައިނަލުން ފުރުސަތު ހޯދައިފަ އެެވެ.

މިއަދު ކުޅެން އޮތް ފައިނަލް މެޗު ވިއްސާރައިގެ ސަބަބުން .ނުކުޅެވުނެވެ. އެންމެ ފުރަތަމަ މެޗު ފަސްކޮށްގެން ފެށެތޯ މަސައްކަތް ކުރި އެވެ. އެކަމަކު، ފެށޭނެ އެއްވެސް ގޮތެއް ނުފެނުމުން އަމްޕަޔަރު ވަނީ ދެ ޓީމުގެ ކެޕްޓަނުންނާ ބައްދަލުކޮށް ހާލަތު އޮޅުންފިލުވައިދީފަ އެވެ. އަދި ގަވާއިދުގެ ތެރެއިން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި ލީގު ބުރުގެ އެއް ވަނަ ހޯދި ތައިލެންޑަށް ޗެމްޕިއަންކަން ދޭން ނިންމީ އެވެ.

މި ފަހަރުގެ ކުރިން، ރާއްޖޭން އެންމެ ފަހުން، އިންޓަނޭޝަނަލް ކްރިކެޓް ފައިނަލެއްގައި ކުޅުނީ 2010 ވަަނަ އަހަރު ތައިލެންޑްގައި ބޭއްވި، އޭސީސީ ޓްރޮފީ ޗެލެންޖް މުބާރާތުގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ސައުދީ އަރަބިއްޔާ އަތުން އެއް ވިކެޓުން ވަަނީ މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ، އިސްމާއިލް ނިހާދު އެވެ. އޭނާ އަކީ މި ވަގުތު ޓީމުގެ ކޯޗެކެވެ.