Advertisement

ހަރަދުގެ ތަފްސީލުތައް ހާމަނުކޮށް ޒަމީރު ވިދާޅުވީ ސެޕްޓެމްބަރުގެ ނިޔަލަށް 38 ބިލިއަން ރުފިޔާ ހަރަދުވެއްޖެ ކަމަށް

24 އޮކްޓޯބަރު 2024 - 17:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ދައުލަތުގެ ބަޖެޓުން މިދިޔަ މަހުގެ ނިޔަލަށް ހަރަދު ކުރީ 38 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް


ހަރަދުގެ ތަފްސީލުތައް ހާމަނުކޮށް ޒަމީރު ވިދާޅުވީ ސެޕްޓެމްބަރުގެ ނިޔަލަށް 38 ބިލިއަން ރުފިޔާ ހަރަދުވެއްޖެ ކަމަށް

24 އޮކްޓޯބަރު 2024 - 17:27 0

ދައުލަތުގެ ބަޖެޓުން ހަރަދުކުރި އެއްވެސް ތަފްސީލެއް ހާމަނުކޮށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް 38 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅައްވަމުން ޒަމީރު ވިދާޅުވީ މި އަހަރަށް ފާސްކުރި 50 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓުން މިދިޔަ މަހުގެ ނިޔަލަށް 76 ޕަސަންޓު ހަރަދު ކޮށްފައިވާ ކަމަށާއި ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅީ އެ ބަޖެޓް ހުސްވުމުގެ ކުރިން ކަމަށެވެ.

"މި އަހަރުގެ މިހާ ހިސާބުގައި ސަޕްލިމެންޓަރީ ބަޖެޓް މި ހުށަހަޅަނީ، މި އަހަރަށް ފާސްކުރި 50 އަކަށް ބިލިއަން ރުފިޔާގެ ބަޖެޓް ހަރަދުކޮށް ނިމުމުގެ ކުރިން. މާލިއްޔަތުގެ ގާނޫނުގައިވާ ގޮތަށް ކުރައަށް އޮތް މަސްތަކުގައި ހިނގާނެ ކަމަށް ލަފާ ކުރާ ހަރަދުތައް ކުރުމަށް ކުރިއާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދައުލަތުގެ މާލީ ހިސާބުތައް ބަލާއިރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަޖެޓު ހަރަދު ކުރެވިފައި ވަނީ ފާސްކުރި މިންގަނޑުގެ 76 ޕަސަންޓު ނުވަތަ 38 ބިލިއަން ރުފިޔާ،" ޒަމީރު ވިދާޅުވި އެވެ.

މި އަހަރަށް ދައުލަތުގެ ބަޖެޓް ގޮތުގައި ފާސް ކޮށްފައި ވަނީ 49.8 ބިލިއަން ރުފިޔާ އެވެ. މިއަދު ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާ އެކު ދައުލަތުގެ ބަޖެޓް 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅިއިރު މި އަހަރަށް ފާސްކުރި ބަޖެޓުން ހަރަދު ކުރި ގޮތެއް ހިމަނާފައި ނުވެ އެވެ. ފިނޭންސް މިނިސްޓްރީން އެންމެފަހުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޖޫން 20, ގެ ނިޔަލަށް 18.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއަށް ފަހު ހަރަދުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަނުކުރެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓަށް ފައިނޭންސް ކުރަނީ ބޭރުގެ ބާޒާރުން 1.4 ބިލިއަން ރުފިޔާ އަދި އެތެރޭގެ ބާޒާރުން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާ ގޮތަށެވެ.

ހަރަދުތަކުގެ އިތުރުން ސަޕްލިމެންޓަރީ ބަޖެޓުގައި އާމްދަނީގެ އަންދާޒާތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން 640 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް އަންދާދާކޮށްފާއިރު، މިއާ އެކީގައި ޖުމްލަ އާމްދަނީ 34.1 ބިލިއަން ރުފިޔާއަށް އަރާނެ އެެވެ.