Advertisement

ހާއްސަ އުސޫލުން ބިންތަކެއް ވިއްކި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

24 އޮކްޓޯބަރު 2024 - 09:13 1

އަހުމަދު އާއިދު

އަހުމަދު އާއިދު


ހާއްސަ އުސޫލުން ބިންތަކެއް ވިއްކި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

24 އޮކްޓޯބަރު 2024 - 09:13 1

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އަންހެނުންނަށް, ލުއި ގޮތެއްގައި ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ހުޅުމާލެއިން ގޯއްޗެއް ވިއްކި މައްސަލަ ފަޅައި އަރާފައި އޮއްވައި، އިތުރު ފަސް ގޯއްޗެއް އެ އުސޫލުން ވިއްކައިފި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތުން ބުނީ އެ މައްސަލަ ހުށަހެޅީ މި މަ ހަފުތާގެ ކުރީކޮޅުގައި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބަޔަކު ހުށަ ނޭޅިޔަސް ބަލަންޖެހޭ މައްސަލައެއް އެއީ،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އޭސީސީގެ ބަހެއް ނުލިބުނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 2017 ގައި 42 ބިމެއް ވިއްކަން ހުޅުވައިލި ބީލަމަށް އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝިދުގެ އަންހެނުން، މ. ސާނިޔާ ޒުލްފީނާ ރަޝީދު ހުށަހެޅި އެވެ. އެ ބީލަމަށް ހުށަހެޅި މީހުންގެ ލިސްޓުގައި އޭނާ އޮތީ 40 ވަނައިގަ އެވެ. ނަމަވެސް, އެ ފަހަރު ބިން ވިއްކީ 36 ފަރާތަކަށް ކަމަށް ވާތީ އޭނާއަށް ބިން ގަންނަން ނުލިބެ އެވެ.

އެ މައްސަލަ ޒުލްފީނާ ސިވިލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް މައްސަލަ އޭނާ އަށް ކާމިޔާބެއް ނުވި އެވެ. ނަމަވެސް، އެޗްޑީސީ ހިންގަން ފަޒްލު ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވި އެއް ކަމެއްގެ ގޮތުގައި ނިންމެވީ އަންހެނުންނަށް ބިމެއް ވިއްކުމުގެ މުއާމަލާތް ނިންމުމެވެ.

ހުޅުމާލޭ ފޭސް 2 ގެ ބީޗް ފްރޮންޓުން އެންމެ އަގުބޮޑުކޮށް މީހުން ގޯތި ގަނެފައިވާ ސަރަހައްދުން ޒުލްފީނާއަށް 2،140 އަކަފޫޓުގެ ބިމެއް ވިއްކީ ޖީއެސްޓީއާއެކު 11.7 މިލިއަން ރުފިޔާ އަށެވެ. ޖީއެސްޓީ އުނިކުރުމުން ބިމުގެ އަގަކީ 10.2 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ދައްކައި ހަލާސްކުރަން ޖެހެނީ 60 މަސް ދުވަހުން (ފަސް އަހަރު) ނެވެ. އެއީ ޖީއެސްޓީއާއެކު މަހަކު 185،366.18ރ. އެވެ.

މި އުސޫލުން އިތުރު ފަސް މީހަކަށް ވެސް ބިން ވިއްކާފައިވެ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ހާމައެއް ނުކުރެ އެވެ.