Advertisement

ވެމްކޯ ފައިނަލަށް، ތިން ވަނަ ސެމީގައި ޕޮލިހާއި ޔޫތު ނިއު ޖެނެރޭޝަން

23 އޮކްޓޯބަރު 2024 - 07:57 1

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން، ވެމްކޯ ޓީމުގެ މާޖިދާ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު


ވެމްކޯ ފައިނަލަށް، ތިން ވަނަ ސެމީގައި ޕޮލިހާއި ޔޫތު ނިއު ޖެނެރޭޝަން

23 އޮކްޓޯބަރު 2024 - 07:57 1

ޕޮލިސް ކްލަބް ބަލިކޮށް އެންމެ ފަހުން ދެ އަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން މި ފަހަރުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ރޭ ކުޅުނު ގައުމީ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި ވާދަކުރީ ގައުމީ ލީގު ޗެމްޕިއަން، ވެމްކޯ އާއި ދެ ވަނަ އަށް ދިޔަ ޕޮލިހެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވެމްކޯ އެވެ.

އެ ގޮތުން، އެ ޓީމުން ސެޓުތައް ގެންދިޔައީ، 25-17، 25-23 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ވެމްކޯގެ އައިޝަތު މާޖިދާ އެވެ.

އެންމެ ފަހުން ދެ ފަހަރު، ވެމްކޯ އިން ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް ކާމިޔާބުކުރިއިރު، 2019 ވަނަ އަހަރުގެ ފައިނަލުގައި ވާދަކޮށް އެ ޓީމު ވަނީ ބަލިވެފަ އެވެ. ވެމްކޯ އިން މިދިޔަ އަހަރު ފައިނަލުގައި ޕޮލިސް އަތުން މޮޅުވީ، 3-1 ސެޓުން ޕޮލިސް ބަލިކޮށްފަ އެވެ.

މި ފަހަރުގެ ފައިނަލުގައި ވެސް ޕޮލިހުންނާ ދެކޮޅަށް ވެމްކޯ ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެއީ، ޕޮލިހުން ތިން ވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީގައި މޮޅުވި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ ދެކޮޅަށެެވެ. ތިން ވަނަ ސެމީން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އިން ޖާގަ ހޯދީ ފުރަތަމަ ސެމީގައި، ހިންމަފުށީ ވިކްޓޯރިއަސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެގެންނެވެ.

މެޗުގެ ސެޓުތައް ދިޔައީ، 25-13، 25-17، 20-25 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ވިފަދާ މިންގްކްވާން އެވެ.

ޕޮލިހާއި ޔޫތު ނިއު ޖެނެރޭޝަން ކުޅޭ ތިން ވަނަ ސެމީ ފައިނަލް އޮންނާނީ މިރޭ 20:30 ގަ އެވެ. އަދި އެ މެޗުން މޮޅުވާ ޓީމެއް ހުކުރު ދުވަހުގެރޭ 20:30 ގައި ވެމްކޯއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނެ އެވެ.