Advertisement

ފްލެޓާއި ގޯތި ހަވާލު ކުރުމަށް ގޮވާލައި މުޒާހަރާ މަގުތަކަށް

ފްލެޓާއި ގޯތި ހަވާލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ފްލެޓާއި ގޯތި ހަވާލު ކުރުމަށް ގޮވާލައި މުޒާހަރާ މަގުތަކަށް

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދޭން ނިންމި ފްލެޓާއި ގޯތި މި ސަރުކާރުން ނުދީ ހިފަހައްޓައިގެން އުޅޭތީ، ވީހާވެސް އަވަހަށް ފްލެޓާއި ގޯތި ހަވާލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަން މިއަދު ފަށައިފި އެވެ.

ސަރުކާރުން ބުނާ ގޮތުން މި މަސް ނިމުމުގެ ކުރިން ފްލެޓް ލިސްޓު ރިވިއުކޮށް އަލުން އިއުލާން ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މުޒާހަރާ ކުރަމުންދާ މީހުން ބުނަމުން ދަނީ ފްލެޓާއި ގޯތިތައް ހަވާލުކުރުން ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަށް އެކަން ނިންމުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ފްލެޓާއި ގޯތި ހަވާލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


އެ މުޒާހަރާގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ދަނީ ބައިވެރިވަމުންނެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ މާލޭގެ އެކި މަގުތަކުގައި އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ހިނގަމުންނެވެ.

މީގެކުރިން ވެސް ފްލެޓާއި ގޯތި ހަވާލު ކުރުމަށް ސަރުކާރަށް ގޮވާލައި ގިނަ މުޒާހަރާތަކެއް ވަނީ ބާއްވާފަ އެވެ. ނަމަވެސް, މިއީ މަގުތަކަށް ނުކުމެ މިގޮތަށް މުޒާހަރާ ކުރާ ފުރަތަމަ ފަހަރެވެ.