Advertisement

ދިރާގާއެކު ހައި ސްޕީޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވިދާނެ

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ނޫސްވެރިންގެ ބައްދަލުވުމުގައި "ވިން އަ ސްޕީޑް ބޯޓް" އާ ބެހޭ މައުލޫމާތު ވަނީ ދީފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ދިރާގާއެކު ހައި ސްޕީޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވިދާނެ

މި މަހުގެ ނިޔަލަށް ދިރާގުގެ "ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަން" ގައި ބައިވެރެގެން ހައި ސްޕީޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ދެގުނަކޮށްލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި އެ ކުލަގަދަ ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރު 15، ގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ލިބެނީ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއި ޔަމަހާ 175 ހޯސްޕަވާގެ ދެ އައުޓްބޯޑް އިންޖީނެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 400ރ. ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400ރ. އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށެވެ.

ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތްތަކުގެ ޝަރުތުފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި އޮކްޓޯބަރު 31، ގެ ކުރިން އެ ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް އެ ހައި ސްޕީޑް ލޯންޗު ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވޭނެ އެވެ.

ދިރާގުގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ދަނީ އިތުރު އީޖާދުތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު ކުރިއެރުވުމަށާއި، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.