Advertisement

ދިރާގުން ދެ ހަފްތާ ވަންދެން، ކޮންމެ ދުވަހަކު އައިފޯން 16 އެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

1 އޮކްޓޯބަރު 2024 - 13:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ދިރާގުން ކޮންމެ ދުވަހަކު އައިފޯން 16 އެއް ލިބޭ ޕްރޮމޯޝަނެއް ފެށުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ދިރާގުން ދެ ހަފްތާ ވަންދެން، ކޮންމެ ދުވަހަކު އައިފޯން 16 އެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

1 އޮކްޓޯބަރު 2024 - 13:15 0

ދިރާގުގެ އަހަރީ ދުވަހާ ގުޅުވައި ދެ ހަފްތާ ވަންދެން، ކޮންމެ ދުވަހަކު އައިފޯން 16 އެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަހަރީ ދުވަހާ ދިމާކޮށް ފެށި "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަން އިތުރަށް ފުރިހަމަ ކުރުމަށް އެ ޕްރޮމޯޝަނަށް އެންރޯލް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު އައިފޯން 16 ލިބޭ ލަކީ ޑްރޯއެއް ނަގާނެ ކަމަށެވެ.

އަންނަ ޑިސެމްބަރު 31، ގެ ނިޔަލަށް ދިރާގުން ކުރިއަށް ގެންދާ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ދަށުން ލަކީ ޑްރޯ ކާމިޔާބުކުރާ ނާސީބުވެރިޔާއަށް ދިނުމަށް ހަމަޖެހިފައި ވަނީ އަލްޝާލީ މެރިން މޯލްޑިވްސްގެ "މެޖެލަން 32" ސްޕީޑް ބޯޓެކެވެ.

އެ ސްޕީޑް ބޯޓު ނަސީބުވެރިޔާއަށް ދިނުމަށް ހަމަޖެހިފައި ވަނީ ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެލިއާއިން ފޯރުކޮށްދޭ 175 ހޯސްޕަވާގެ ދެ އިންޖީނާ އެކު އެވެ.

އެ ޕްރޮމޯޝަނަށް މިއަދު އެންރޯލްކުރާ ކަސްޓަމަރުންނާއި މިހާތަނަށް އެންރޯލް ކޮށްފައިވާ ކަސްޓަމަރުންނަށް ލަކީ ޑްރޯ ކާމިޔާބުކުރުމުގެ ދެ ގުނަ ފުރުސަތު ބޮޑު ވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އޭގެއިތުރުން ދިރާގުން ބުނީ ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ކޮންޓެސްޓުގެ ދަށުން ދިރާގުން ކުރާ ޕޯސްޓަކަށް ހަތް ރައްޓެހިން ޓެގުކޮށްގެން "މެޖެލަން 32" ގައި އެއް ދުވަހުގެ ދަތުރެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެ ކޮންޓެސްޓް ކާމިޔާބުކުރާ މީހަކަށް "މެޖެލަން 32" ގައި ހަތް މީހުންގެ ޓީމަކާއެކު މަސް ދަތުރަކަށް ދިޔުމުގެ އިތުރުން ސޭންޑް ބޭންކަކަށް ގޮސް ބާބެކިއު ހެދައި މަޖާ ކޮށްލަން ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ދިރާގުން ބުނީ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ ގޭމާސް ގިލްޑް (ޑީޖީޖީ) ގައި ރަޖިސްޓާ ކޮށްގެން ގޭމަރުން މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހައި އެންޑް ގޭމިން ޕީސީއެއް ސީޕީޔޫ އާއި މައުސްއެއްގެ އިތުރުން މޮނިޓަރާއެކު ލިބޭޏެ ކަމަށެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް 350 އަށްވުރެ މަތިން ނަގާފައި ތިބި ކަސްޓަމަރުންނަށް ސްކްރެޗް އެންޑް ވިން ޕްރޮމޯޝަންގެ ދަށުން ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު، ޕޯސްޓްޕެއިޑް 750 އަށްވުރެ މަތި އަދި ފައިބާ 30އެމް އަށްވުރެ މަތީގެ ކަސްޓަމަރުންނަށް ހިލޭ ސޮނީލިވް ޕެކޭޖް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.