20 އޮކްޓޯބަރު 2024 - 13:54 0
ލީވާން އަލީ ނާސިރު
ކްރިމިނަލް ކޯޓު: ދެ ކިލޯގެ މަސްތުވާތަކެތި ގެނައި އިންޑިއާ ދެމަފިރިންގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައި -- ފޮޓޯ: އަދަދު ފައިލް
20 އޮކްޓޯބަރު 2024 - 13:54 0
ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ ދެމެފިރިންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިއްޔެ އިތުރު ކޮށްފި އެވެ.
މެލޭޝިއާ އެއާލައިނުން އޮކްޓޯބަރު 15، ގައި ރާއްޖެ އައި އައިޝާ އަދި މުހައްމަދު ޝޯއިބް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ލަގެޖެއްގައި ފޮރުވައިގެން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
ފުލުހުން ބުނީ އެ ދެމީހުންގެ ހަރަކާތްތައް ހުރި ގޮތުން އެ ދެ މީހުން ގެނައި ލަގެޖު އެކްސްރޭ ކުރުމުން އައިޝާގެ ނަމުގައި އިން ލަގެޖުގެ ފުލުގައި ކޮންސީލްމަންޓެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ފޮށި ހުޅުވައި ބަލައި ޗެކު ކުރިއިރު، މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.
"ލަގެޖު ތެރެއިން އެއް ރަބަރުގަނޑު ފެނުނު. ޓެސްޓު ކުރުުމުން ހެރޮއިންއަށް ޕޮޒިޓިވްވެފައި ވަނީ. ވަގުތީ ބަރުގަދަނުގައި ހުރީ 2.05 ކިލޯ،" ފުލުހުން ބުންޏެވެ.
ކޯޓުގައި އެ ދެމަފިރިން ބުނެފައި ވަނީ އެއީ މީހަކު ހަވާލު ކުރި އެއްޗެއް ކަމަށާއި ލަގެޖު އޭނާ ބެލިއިރު އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަދި އެއްޗެއް ފޮރުވާފައި ހުރިކަން ނޭނގޭ ކަމަށް ވެސް އެމީހުން ބުންޏެވެ.
އެ ދެމެފިރިންނަށް ވަކީލަކު ހަމަޖެހުމުން މުއްދަތު މަޖިލީހަށް އަލުން ހާޒިރު ކުރުމަށް ކޯޓުން ވަނީ އަންގާފަ އެވެ.
Comment