1 ފެބުރުވަރީ 2025 - 15:31 0
އަހުމަދު އާއިދު
އއ. އުކުޅަހު މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި ގެބިގެން މަރުވީ 75 އަހަރުގެ ފަތުރުވެރިއެއް ---
1 ފެބުރުވަރީ 2025 - 15:31 0
އއ. އުކުޅަހަށް އައިސް އުޅުނު ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ގެނބިގެން މަރުވެފައި އޮއްވާ ފެނުނީ އުޒްބެކިސްތާނަށް ނިސްބަތްވާ 75 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފަތުރުވެރިޔާއާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް އެ ހިދުމަތުން ބުނީ މިއަދު ހަވީރު 5:20 ހާއިރު އެވެ. ނަމަވެސް އެ މީހާ ގެނބުނީ ކީއްވެ ކޮން ވަގުތަކު ކަމެއްވެސް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގި ގޮތް އެ ހިދުމަތުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
އުކުޅަހަކީ ގިނަ އަދަދަކަށް ގެސްޓްހައުސްތައް ހިންގާ، ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށެކެވެ. ފަތުރުވެރިންގެ އިތުރުން ގިނަ އަދަދަކަށް ދިވެހިން ވެސް ޗުއްޓީ ހޭދަކޮށްލުމަށް އެ ރަށަށް ދެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment