19 އޮކްޓޯބަރު 2024 - 21:28 0
އަތޫފް އާތިފް
19 އޮކްޓޯބަރު 2024 - 21:28 0
އެމެރިކާގެ ނިއު ޔޯކް ސިޓީގައި މިހާރު ކުރިއަށްދާ ރެޑް ބުލް ހާފް ކޯޓް ވޯލްޑް ފައިނަލްސްގައި ވާދަކުރާ ރާއްޖޭގެ އަންރޭންކްޑުން މޮލްޑޯވާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފި އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ފައިނަލްސްގައި ވެސް ވާދަކޮށްފައިވަނީ ރާއްޖޭގެ އަންރޭންކްޑް އެވެ.
ރާއްޖޭގައި ކުރިއަށްދިޔަ ކޮލިފައިން ރައުންޑް ކާމިޔާބުކޮށް އަންރޭންކްޑް އިން މި ފަހަރުގެ ވޯލްޑް ފައިނަލްސްގައި ވާދަކުރާއިރު, އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މޮލްޑޯވާގެ މައްޗަށް ކުރިހޯދީ 12-08 އިންނެވެ. ދެ ވަނަ މެޗުގައި، ބެލްޖިއަމްގެ ޓީމަކާ ކުޅެގެން އަންރޭކްޑް ބަލިވީ، 21-04 އިންނެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގައި މޮލްޑޯވާގެ އިތުރުން ދެން ހިމެނެނީ އެމެރިކާ, އަދި ބެލްޖިއަމް އެވެ.
ރެޑް ބުލް ހާފް ކޯޓް ވޯލްޑް ޓުއާގައި 20 ގައުމަކުން 6500 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ.
ރެޑް ބުލް މޯލްޑިވްސް އިން އަންނަނީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ. މީގެ ކުރިން މި އަހަރު ޖަރުމަނުގައި ކުރިއަށްދިޔަ ރެޑް ބުލް ފޯ ޓު ސްކޯ ވޯލްޑް ފައިނަލްސްގައި ރާއްޖޭގެ ޓީއެފްޓީ ވަނީ ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އޭގެ އިތުރުން މި އަހަރު, ބ. ގޮއިދޫގައި ރެޑް ބުލް އިން އިންތިޒާމުކޮށްގެން ވިންޑް ރައިޑާސް މުބާރާތެއް ވަނީ ބާއްވާފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ, ރާއްޖޭގައި އުފެދުނު އެންމެ ކައިޓް ރައިޑާ ހަސަން މާހިރު (ހަންޓޭ) އެވެ.
Comment