18 އޮކްޓޯބަރު 2024 - 15:49 0
18 އޮކްޓޯބަރު 2024 - 15:49 0
ނޭޕާލުގައި ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 1-0 އިން ބަލިވެއްޖެ އެވެ.
ދަސްރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ސްރީ ލަންކާ އިން ވަނީ 17 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ އަރިމަތިން ނަގައިިދިން ހުރަހަކުން އިމޭޝާ އެވެ. އިމޭޝާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭނާ ގޯލަށް ބޯޅަ ވައްދާލީ ކީޕަރު، އައިމިނަތު ލީޒާ (ލިޒީ) އަށް ވުރެ ކުރިން، ބޯޅަ އަށް ފުންމައިގެން އަރަ އެވެ.
ރާއްޖޭގެ ކުޅުންތެރިން ކައުންޓާގައި އަރައި ރަނގަޅު ފުރުސަތުތަކެއް ހޯދޭތޯ މަސައްކަތްކުރި ނަމަވެސް ލަންކާގެ ކީޕަރު ވީރަސިންހާ ކައިރިން ގޯލެއް ޖެހޭގޮތެއްނުވި އެވެ. ދެ ވަނަ ލަނޑެއް ޖަހަން ލަންކާ އިން ކުރި މަސައްކަތުގައި ފޮނުވާލި ބޯޅަތައް ކީޕަރު ލީޒާ މަތަކުރިއިރު، ރާއްޖެ ޓީމުގެ ކެޕްޓަން، ހައްވާ ހަނީފާ ވަނީ ބައެއް ބޯޅަތައް ސަލާމަތްކޮށްފަ އެވެ.
އަންހެން ފުޓްބޯޅައިގައި ލަންކާ އެންމެ ފަހުން ވެސް މޮޅެއް ހޯދީ 2019 ވަނަ އަހަރު ރާއްޖެ އަތުންނެވެ. އެ ގޮތުން، ނޭޕާލުގައި ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ލަންކާ އިން ރާއްޖެ ބަލިކުރީ 2-0 އިންނެވެ. އެކަމަކު، އެ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭން ވަނީ ލަންކާ ބަލިކޮށް ލޯ މެޑަލް ހޯދައިފަ އެވެ.
ރާއްޖެ އާއި ލަންކާގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ، ނޭޕާލް އާއި ބޫޓާން އެވެ. ރާއްޖޭން ދެން ކުޅޭ މެޗުގައި، މީގެ ދެ ދުވަސް ފަހުން ބައްދަލުކުރާނީ ނޭޕާލްއާ އެވެ. ނޭޕާލުން މިއަދު ބޫޓާނާ ކުޅޭނެ އެވެ.
Comment