Advertisement

ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސަބިލިޓީ ނިންމައި ޑިޒަައިން މަރުހަލާއަށް

about 15 hours 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސަބިލިޓީ ނިންމައި ޑިޒަައިން މަރުހަލާއަށް

about 15 hours 0

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސަބިލިޓީ ސްޓަޑީތައް ނިންމައި ޑިޒައިން މަރުހަލާ ފަށައިފި އެވެ.

އެ ހޮސްޕިޓަލް ވިލިމާލޭގައި އެޅުމާ ގުޅޭ ދިރާސާތައް ނިންމައި އެ ދިރާސާތަކުގެ ހޯދުންތައް ޗައިނާ ސަރުކާރުން ވަނީ މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ. ހޯދުންތައް ހަވާލުކުރެއްވީ ޗައިނާގެ ސަފީރު ވަން ލިޖިން އެވެ. ހަވާލުވެވަޑައިގަތީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު އެވެ.

މިއާއެކު ދެން ފަށާނީ ހޮސްޕިޓަލް ޑިޒައިން ކުރުމާއި ބޭނުންވާ ސާމާނު ހޯދުމުގެ މަރުހަލާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މިއަދު ހާމަކޮށްފަ އެވެ.

އައު ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލޭގެ ހޮސްޕިޓަލް ހިންގާ ބިމުގައެވެ. ނަމަވެސް، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތް ތަޅާލުމަށް ފަހު ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.

މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލެކެވެ.