Advertisement

ބްރެސްޓް ކެންސަރު އެވެއާނެސް ސިމްޕޯސިއަމް އިފުތިތާހުކޮށްފި

17 އޮކްޓޯބަރު 2024 - 14:00 1

މޫސާ ނާޝިއު

މޫސާ ނާޝިއު

މިއަދު ބޭއްވި ބްރެސްޓް ކެންސަރު އެވެއާނެސް ސިމްޕޯސިއަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ: ރައީސް އޮފީސް


ބްރެސްޓް ކެންސަރު އެވެއާނެސް ސިމްޕޯސިއަމް އިފުތިތާހުކޮށްފި

17 އޮކްޓޯބަރު 2024 - 14:00 1

ބްރެސްޓް ކެންސާ އެވެއާނެސް ސިމްޕޯސިއަމް މިއަދު އިފުތިތާހުކޮށްފި އެވެ.

އެ ސިމްޕޯސިއަމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ ރާއްޖޭގައި އުރަމަތީ ކެންސަރު ޖެހެމުން އަންނަ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އަންހެނުންގެ ތެރޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރަކީ އުރަމަތީ ކެންސަރު ކަމަށް އެކަމަނާ ވިދާޅުވި އެވެ.

" އުރަމަތީ ކެންސަރުގެ އަދަދުތައް ރާއްޖޭގައި ވެސް މި އަންނަނީ އިތުރުވަމުން. އަދި އަންހެނުންނަށް ޖެހޭ ކެންސަރުތަކުން އެންމެ އާންމު ވައްތަރަކީ އުރަމަތީ ކެންސަރު" ސާޖިދާ ވިދާޅުވި އެވެ.

އޭގެ އިތުރުން ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބާރުވެރިކަމާއި ބަސް ނީއްވޭ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ. އަދި މިއީ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް އަޅާ ފިޔަވަޅުތަކާ ވަރަށް ދުރު ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި 3-ޑ މެމޮގްރާމް ހެދުމުގެ ފުރުސަތު ފަހިވެފައިވާކަން ފާހަގަކުރައްވާ، ސާޖިދާ ވަނީ އުމުރުން 40 އަހަރުގެ މަތީގެ އަންހެނުން މެމޮގްރާމް ހެދުމަށް އިލްތިމާސް ކުރައްވައި، އެކަމަށް ބާރުއަޅުއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯގެ އިތުރުން އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް ބައިވެރިވި އެވެ. މިއީ އެ ސިމްޕޯސިއަމް ރާއްޖޭގައި ބާއްވާ ފަސްވަނަ ފަހަރަށެވެ.