Advertisement

ދާލު އަމާންވެށީގެ ހިދުމަތް ދަ ނޯޓިލަސް ފައުންޑޭޝަނުން ފުޅާކޮށް ތަރައްގީ ކުރަނީ

16 އޮކްޓޯބަރު 2024 - 13:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލު އަމާންވެށީގެ ހިދުމަތް ދަ ނޯޓިލަސް ފައުންޑޭޝަނުން ފުޅާކޮށް ތަރައްގީ ކުރަން ސޮއިކުރުން


ދާލު އަމާންވެށީގެ ހިދުމަތް ދަ ނޯޓިލަސް ފައުންޑޭޝަނުން ފުޅާކޮށް ތަރައްގީ ކުރަނީ

16 އޮކްޓޯބަރު 2024 - 13:15 0

ދަ ނޯޓިލަސް ފައުންޑޭޝަނުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ދ. ކުޑަހުވަދޫގައި ގާއިމު ކޮށްފައިވާ ކުޑަކުދިންގެ ސެންޓަރު، އަމާންވެށީގެ ހިދުމަތް ފުޅާކޮށް ތަރައްގީ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދ. އަތޮޅު ކައުންސިލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕަލްސް ހޮޓެލްސް އެންޑް ރިސޯޓާއި މަންޓާ އެއާ އަދި ދާލު އެއާޕޯޓުގެ އިޖުތިމާއީ ހަރަކާތްތައް ކުރި އަރުވައި، އެ ފައުންޑޭޝަނުން ސޮއިކުރި އެ އެއްބަސްވުމުގެ މަގްސަދަކީ ސެންޓަރުގެ ވަސީލަތްތައް ރަނގަޅުކޮށް، އެހީއަށް ބޭނުންވާ ކުޑަ ކުދިންނަށް ރައްކާތެރި އަދި މުއްސަނދި މާހައުލެއް ގާއިމު ކުރުމެވެ.

އެ އެއްބަސްވުމުގެ ދަށުން ދަ ނޯޓިލަސް ފައުންޑޭޝަންގެ އެހީތެރިކަމުގެ ދަށުން ކުޑަކުދިންގެ ސެންޓަރުގައި މުޅިން އާ ސްޓަޑީ ރޫމެއް ގާއިމުކޮށް، އެ ސްޓަޑީ ރޫމުގައި ކޮމްޕިއުޓާ ސިސްޓަމްތަކާއި ލައިބްރަރީ އޭރިއާ އަކާއި އަދި ކުދިން ކިޔަވާނެ ޒޯނެއް ހިމަނަން ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން، އެއްބަސްވުމުގެ ދަށުން އެ ސެންޓަރުގެ ކޮމްޕަސްގައި ކުދިން ކުޅުމަށްޓަކައި ޒަމާނީ ފެންވަރުގެ ޓާފު ދަނޑެއް ގާއިމު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ ވަސީލަތްތައް ގާއިމު ކުރުމަށް ބޭނުންވާ އެންމެހާ މާލީ އަދި ފަންނީ އެހީތެރިކަން ދަ ނޯޓިލަސް ފައުންޑޭޝަންގެ ފަރާތުން ފޯރުކޮށްދީ އަދި އަމަލީ މަސައްކަތް ކުރިއަށްދާނެ ގޮތް ބަލަހައްޓާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

އެ ކުޑަކުދިންގެ ސެންޓަރުގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ކުރެވޭ އެ މަސައްކަތަކީ އެ ސެންޓަރުން ހިދުމަތް ފޯރުކޮށްދޭ ކުދިންނަށް ތައުލީމާއި ދުޅަހެޔޮކަމާއި އަދި މުނިފޫހިފިލުވުން ކުރިއެރުމަށް ކުރާ ކަމެކެވެ.