Advertisement

ބޮޑު މޮޅަކާ އެކު ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ އަށް

about 7 hours 0


ބޮޑު މޮޅަކާ އެކު ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ އަށް

about 7 hours 0

ކޯޑޯބާ، ސްޕެއިން (އޮކްޓޫބަރު 16) - ސާބިއާގެ މައްޗަށް 3-0 އިން ކުރިހޯދައި ސްޕެއިނުން ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިންގެ އިތުރުން ނޭޝަންސް ލީގުގެ ކުއާޓާގެ ޖާގައެއް ޔަގީންކުރީ ޖަރުމަނުންނެވެ.

ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ހަތަރެއްގައި ސްޕެއިނުން ސާބިއާ ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ސްޕެއިން ދަނޑުގައި ރޭ ކުޅުނު މެޗުން ވަނީ މޮޅުވެފަ އެވެ. މި މެޗުގައި ސްޕެއިންގެ ލަނޑުތައް ޖަހައިދިނީ، ފުރަތަމަ ހާފުގައި އައިމެރިކް ލަޕޯޓްގެ އިތުރުން ދެ ވަނަ ހާފުގައި، އަލްވާރޯ މޮރާޓާ އާއި އަލެކްސް ބައޭނާ އެވެ.

މި މެޗުގެ 76 ވަނަ މިނިޓްގައި ސާބިއާގެ ސްޓްރަންޏާ ޕަވްލޮވިޗަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. ސްޕެއިނުން ފަހު ގޯލު ޖެހީ އެ ރަތް ކާޑަށް ފަހުގަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ރޭ ޑެންމާކާއި ސްވިޒަލެންޑް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ސްޕެއިން އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑެންމާކަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސާބިއާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި ފުލުގައި އޮތް ސްވިޒަލެންޑްގެ އޮތީ އެއް ޕޮއިންޓެވެ.

ލީގު އޭގެ ގްރޫޕް އެކެއްގައި ރޭ ސްވިޒަލެންޑުން ވަނީ ޕޯޗުގަލްއާ 0-0 އިން އެއްވަރުކޮށްފަ އެވެ. އަދި ކްރޮއޭޝިއާ އާއި ޕޮލެންޑް ކުޅުނު މެޗު ވަނީ 3-3 އިން އެއްވަރުވެފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކްރޮއޭޝިއާގެ ހަތް ޕޮއިންޓް އޮތްއިރު، ތިން ވަނައިގައި އޮތް ޕޮލެންޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި ފުލުަގއި އޮތް ސްކޮޓްލެންޑްގެ އޮތީ އެއް ޕޮއިންޓެވެ.