Advertisement

މެސ،ީ ސްޕެއިން ގައުމީ ޓީމަށް ކުޅުމާ ގާތަށް ދިޔަ

21 ނޮވެންބަރު 2025 - 09:45 0


މެސ،ީ ސްޕެއިން ގައުމީ ޓީމަށް ކުޅުމާ ގާތަށް ދިޔަ

21 ނޮވެންބަރު 2025 - 09:45 0

ރޮސާރިއޯ، އާޖެންޓީނާ (ނޮވެމްބަރު 21) - ލިއޮނަލް މެސީ، ސްޕެއިންގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމާ ގާތަށް ދިޔަ ކަމަށް އާޖެންޓީނާގެ ކުރީގެ ކޯޗު ޖޯސޭ ޕެކަމަން ބުނެފި އެވެ.

ޒުވާން އުމުރުގައި ބާސެލޯނާގެ ލަ މާސިއާ އެކަޑަމީއާ ގުޅުނު މެސީ އަށް 2005 ވަނަ އަހަރު އޮތް 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ 20 އަހަރުން ދަށުގެ ޓީމަށް ކުޅުމުގެ ފުރުސަތު ފަހިވި އެވެ. އަދި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އެކަން ކުރުމުގެ މަސައްކަތްތައް ފަށައި، އެކި އިދާރާތަކަށް ހުށަހަޅަން ޖެހޭ ކަރުދާސްތައް ވެސް ތައްޔާރުކުރި އެވެ. އެކަމަކު، ފަހު ވަގުތު ޕެކަމަން ވަނީ އެކަމުގެ ތެރެއަށް ވަދެ، މެސީ، އާޖެންޓީނާ އަށް ކުޅުވަން ފެޑެރޭޝަން ލައްވައި ހުރިހާ ކަމެއް ނިންމައިފަ އެވެ.

އެ ގޮތުން، ޕެކަމަން ވަނީ، 2004 ވަނަ އަހަރުގެ ޖޫން މަހު، އާޖެންޓީނާ އިން ރޭވި އެކުވެރިކަމުގެ މެޗެއްގައި މެސީ ލައްވައި ކުޅުވައި، އާޖެންޓީނާ ފެޑެރޭޝަނާއި ފީފާ އިން ނިންމަން ޖެހޭ ކަންކަން ފުރިހަމަކޮށްފަ އެވެ.

"އަހަރެމެންނަށް މައުލޫމާތުތަކެއް ލިބުނު، ފިންލެންޑްގައި މުބާރާތެއްގައި، ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމަށް މެސީ ކުޅުނު ކަމަށް، ދެން، އަހަރެމެންނަށް އިތުރަށް މި ކަންކަން ބަލަން ހުރެވެން ނެތުމުން، އަވަހަށް މެސީ، އާޖެންޓީނާ އަށް ކުޅުވުމުގެ ކަންކަން ހަމަޖެއްސީ،" ޕެކަމަން ބުންޏެވެ.

ޕެކަމަން ބުނީ، މެސީ ލައްވައި ކުޅުވަން އެ މެޗު ހަމަަޖައްސާފައި، މެޗު ކުޅޭނެ ސްޓޭޑިއަމަކަށް ކަނޑައެޅީ އާޖެންޓީނޯސް ޖޫނިއޯސް ސްޓޭޑިއަމްގައި ކަމަށެވެ. ސަބަބަކީ، އެއީ ޑިއޭގޯ މަރަޑޯނާގެ ވެސް ހާއްސަ ސްޓޭޑިއަމަކަށް ވެފައި، އާޖެންޓީނާ ފުޓްބޯޅައިގެ އާ ތަރީގެ ފެށުން އެ ދަނޑުގައި ކުރިއަށްގެންދިއުމަށް ކަމަށެވެ. އެ މެޗުން ޕެރަގުއޭ އަތުން އާޖެންޓީނާ ވަނީ 8-0 އިން މޮޅުވެފަ އެވެ.