15 އޮކްޓޯބަރު 2024 - 15:04 0
ލީވާން އަލީ ނާސިރު
15 އޮކްޓޯބަރު 2024 - 15:04 0
އުރީދޫ މޯލްޑިވްސްގެ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑް ޔުނިވަސިޓީން އެ ކުންފުނީގެ ހަ މުވައްޒަފަކު ތަމްރީނުކޮށްފި އެވެ.
އުރީދޫއިން ބުނީ ކޮންމެ އަހަރަކު ވެސް އުރީދޫގެ އުއްމީދީ ދެ ލީޑަރުން އެ އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ ތެރޭގައި އިނޮވޭޝަނާއި ކުރިއެރުމަށް އަގުހުރި އިލްމު ތަކެއް ގެނެސްދޭ ކަމަށާއި އޭގެ ސަބަބުން ހުނަރުވެރިން ތަރުބިއްޔަތު ކުރުމުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށެވެ.
އެ ކުންފުނިން 2021 ގައި ފެށި އެ ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން އަދި އުރީދޫ ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ ވިދާޅުވީ އެ ކުންުފނިން ހާވާޑް ލީޑާޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވި ދަރިވަރުން އަދި ކިޔަވަމުން އަންނަ ދަރިވަރުންނާ މެދު ފަހުރުވެރިވާ ކަމަށެވެ.
"މި ސްޓާފުންނަކީ ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ކުންފުނީގެ މުސްތަގުބަލް ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑާޝިޕް ޑިވެލޮޕްމަންޓަށް އެބޭފުޅުން ދެއްވާ އަހައްމިއްޔަތުކަމަކީ ފާހަގަ ކުރަންޖެހޭ ކަމެއް. ކުރިއަށް އޮތް އަހަރުތަކުގައި މި ފަރާތްތައް އިނޮވޭޝަނާއި އެކްސެލެންސް އަށް މަގުފަހިވެގެންދާނެ ގޮތް ބަލާނެ ކަމަށް އުއްމީދު ކުރަން،" ފާތިމާ އަލް ކުވާރީ ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ހިންގުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށެވެ.
މިގޮތުން، ދަސްވެނިންނާ މެދު ވަރަށް ފަހުރުވެރިވަ ކަމަށައި އެ މީހުންގެ ކުރިއެރުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫއިން ކުރާ މަސައްކަތް ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރު އެޗްއާރް ފަޒްނާ މަންސޫރު ވިދާޅުވީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އަކީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.
Comment