about 17 hours 0
ލީވާން އަލީ ނާސިރު
އުރީދޫގެ ކޯލް ސެންޓަރު: ރާއްޖޭގެ ފުރަތަމަ އައިއެސްއޯ ސަޓިފައިޑް ކޯލްސެންޓަރުގެ ލަގަބު އުރީދޫގެ ކޯލް ސެންޓަރަށް ވަނީ ލިބިފައި -- ފޮޓޯ: އުރީދޫ
about 17 hours 0
ރާއްޖޭގެ ފުރަތަމަ އައިއެސްއޯ ސެޓިފައިޑް ކޯލް ސެންޓަރުގެ ލަގަބު އުރީދޫ މޯލްޑިވްސްގެ ކޯލް ސެންޓަރަށް ލިބިއްޖެ އެވެ.
އުރީދޫ މޯލްޑިވްސްގެ ކޯލް ސެންޓަރު ވެގެން ގޮސްފައި ވަނީ މުޅި މި ސަރަހައްދުގެ ވެސް ދެވަނަ އައިއެސްއޯ ސަޓިފައިޑް ކޮންޓެކްޓް ސެންޓަރަށެވެ.
އެ މުހިންމު ސެޓިފިކޭޝަންގައި އުރީދޫގެ އިން-ހައުސް ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކާއި ކްލައިންޓް ކޯލް ސެންޓަރުގެ މެނޭޖްމަންޓް ހިމެނޭއިރު، ފެންވަރު ރަނގަޅު ހިދުމަތާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި އޮޕަރޭޝަނަލް އެކްސެލެންސްއަށް އުރީދޫއިން ހާއްސަ ސަމާލުކަމެއްދެ އެވެ.
އައިއެސްއޯ ސެޓްފިކޭޝަން ޕްރޮސެސް 2023 ގެ ފެބްރުއަރީ މަހު ފެށުނު އިރު، ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް މިންގަނޑުތައް ތަންފީޒު ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދައި، އަދި އެސެސްމަންޓްތައް ކުރިއަށް ގެންދިޔަ އެވެ.
އުރީދޫއިން ބުނީ އެ ކާމިޔާބީން ދައްކުވައިދެނީ، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތައް ގެންގުޅުމަށާއި، މަސައްކަތް ކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި، ކޯލް ސެންޓަރުގެ އޮޕަރޭޝަންތަކުގައި ކަސްޓަމަރުންގެ ތަޖުރިބާގެ ފެންވަރު ރަގަޅުކުރުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތް ކަމަށެވެ.
މި ކާމިޔާބީއާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ކޯލް ސެންޓަރުތަކުގެ ކޮލިޓީއަށް އާ ބެންޗްމާކެއް ގާއިމްކޮށް، ކަސްޓަމަރުންނަށް ހިދުމަތުގެ ފެންވަރު ރަނގަޅުކަމުގެ ޔަގީންކަން ދީ، ޓެލެކޮމިއުނިކޭޝަންގެ ސަރަހައްދީ ލީޑަރެއްގެ މަގާމު އިތުރަށް ހަރުދަނާކޮށްފަ އެވެ.
މި ސެޓްފިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް އީޖާދީ ހިދުމަތް ދިނުމުގައި އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގައި ޔަގީންކަމުގެ އިތުރުން، ރާއްޖޭގެ ޑައިނަމިކް މާކެޓުގެ ކުރިއަރަމުން އަންނަ ޑިމާންޑްތައް ފުއްދުމަށް ޓަކައި ރެޒިލިއަންޓް އަދި ހައި ޕާފޯމިން ސާވިސް އިންފްރާސްޓްރަކްޗާއެއް ބިނާކުރުމަށް ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެއިތުރުން އައިއެސްއޯ ސެޓްފިކޭޝަންގައި ކޯލް ސެންޓަރު މެނޭޖްމަންޓްގެ މުހިންމު ހުރިހާ ކަމެއް ހިމެނޭއިރު، އޭގެ ތެރޭގައި ސާވިސް އެފިޝަންސީ، ރެސްޕޮންސިބިލިޓީ، ކަސްޓަމަރުންގެ ހިތްހަމަޖެހުން، ޑޭޓާ ސެކިއުރިޓީ އަދި ސަރވިސް ރިލައިބިލިޓީ ހިމެނެ އެވެ.
އަދި މި ސަޓިފިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ އަމާޒަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންުފނިން ބުންޏެވެ.
އައިއެސްއޯ ސެޓްފިކޭޝަންގެ ދަށުން އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަކިވަކި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އިތުބާރުކުރެވޭ ޕާޓްނަރެއްގެ ގޮތުގައި ހިމަނާފައިވާއިރު، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރެ އެވެ.
އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް މޯލްޑިވްސްގެ ދަތުރު ކުރިއަށް ގެންދާއިރު، އައިއެސްއޯ ސެޓިފިކޭޝަނަކީ ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ކުރިއެރުންތައް ހޯދުމުގެ ލެގަސީއަށް އިތުރުވި ޗެޕްޓަރެއް ކަމަށް އެ ކުންުފުނިން ފާހަގަކުރެ އެވެ.
Comment