Advertisement

އެއާޕޯޓުތަކުން ބޭރަށް ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ޓެކްސް އާއި ފީތައް ބޮޑުކުރަނީ

14 އޮކްޓޯބަރު 2024 - 00:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލައިޓުތަކެއް: އެއާޕޯޓުތަކުން ބޭރަށް ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ޓެކްސްއާއި ފީވެސް ބޮޑުކުރަން ސަރުކާރުން ވަނީ ހުށަހަޅާފަ --- ފޮޓޯ: އަދަދު


އެއާޕޯޓުތަކުން ބޭރަށް ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ޓެކްސް އާއި ފީތައް ބޮޑުކުރަނީ

14 އޮކްޓޯބަރު 2024 - 00:20 0

ރާއްޖޭގެ އެއާޕޯޓުތަކުން ބޭރު ގައުމުތަކަށް ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީތަކާއި ޓެކްސްތައް ބޮޑުކުރަން ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ މިހާރު ނަގާ ޑިޕާޗާ ފީ އަދި އެއާޕޯޓް ޑިވަލޮޕްމަންޓު ފީ ނަގާ މިންވަރު އިތުރުކުރުމަށެވެ. އާ އަދަދުތަކުން ފީ އަދި ޓެކްސް ނަގަން ހުށަހަޅާފައިވާ ތާރީހަކީ ޑިސެމްބަރު 1، 2024 އެވެ.

ފުރާ މީހުންގެ އަތުން ނަގާ ޓެކްސްތަކާއި ފީތަކަށް ގެނައި ބަދަލުތައް:

ޑިޕާޗާ ޓެކްސް

  • އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން އަތުން ނަގާ ފީ 12 އެމެރިކާ ޑޮލަރުގައި ހިފެހެއްޓުން.
  • އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން.
  • ބިޒްނަސް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން.
  • ފަސްޓް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން.
  • ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ އެންމެންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން.

އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް

  • އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން އަތުން ނަގާ ޓެކްސް 12 އެމެރިކާ ޑޮލަރުގައި ހިފެހެއްޓުން.
  • އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން.
  • ބިޒްނަސް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން.
  • ފަސްޓް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން.
  • ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން.

ސަރުކާރުން ހުށަހެޅި މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ އޮންނަ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. ޑިސެމްބަރު މި ބަދަލު ގެންނަން ހުށަހަޅާފައި އޮތުމުން ބިލުގެ މަސައްކަތް މަޖިލީހުން އަވަހަށް ނިންމާނެ ކަމަށް ބެލެވެ އެވެ.

މި އިސްލާހުތަކާއެކު އަންނަ އަހަރު ދައުލަތަށް އާމްދަނީ ގޮތުގައި އިތުރަށް 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ހުށަހެޅި ބިލުގެ ތަފުސީލުގައި ބުނެފައިވެ އެވެ. މިއީ ދަރަނި ބޮޑުވެ މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ގެންނަ އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.