16 ފެބުރުވަރީ 2026 - 21:27 0
ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްގެ އެރައިވަލް ސަރަހައްދު: މި ތަނަށް ދަތުރުތައް ބަދަލުކުރުމުން ތޮއްޖެހުމަށް ހައްލެއް ލިބޭނެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
16 ފެބުރުވަރީ 2026 - 21:27 0
މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަން އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެތެރޭގެ ދަތުރުތަކަށް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރަން މި ފަށަނީ އބައެއް ބަދަލުތައް ގެނެސް، މަރާމާތުކުރުމަށް ފަހުގަ އެވެ.
ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަކީ މިހާރުގެ ޑޮމެސްޓިކް ޓާމިނަލަށް ވުރެ މާ ޖާގަ ތަނަވަސް ތަނެކެވެ. މިއީ ޑޮމެސްޓިކް ޓާމިނަލްގެ ޕީކު ގަޑިތަކުގައި ތޮއްޖެހޭ މައްސަލައަށް ބޮޑު ހައްލެއް ގެންނާނެ ބަދަލެކެވެ.
މިހާރު އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް 20 އަށް ވުރެ ގިނަ ފްލައިޓު އޮންނައިރު، ޕީކު ދުވަސްތަކުގައި 50 ފްލައިޓު އޮންނަ ފަހަރު ވެސް އާދެ އެވެ. މި ދުވަސްތަކުގައި ޓާމިނަލުގެ ފުރާ ސަރަހައްދުގައި ދިވެހިންނާއި ޓޫރިސްޓުން އިށީންނާނެ ތަނެއް ވެސް ނުހުރެ އެވެ.
ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ ޓާމިނަލަށް މި ބަދަލުކުރެވުނީ، އާ ޓާމިނަލް ބޭނުންކުރަން ފެށިތާ ހަތް މަސް ފަހުންނެވެ. އާ ޓާމިނަލް ހުޅުވީ މިދިޔަ އަހަރުގެ ޖުލައި 26، ގައި މިނިވަން ދުވަހުގަ އެވެ.
އެ ދުވަހު އާ ޓާމިނަލް ހުޅުވި ނަމަވެސް ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތަކެއް އާ ޓާމިނަލަށް ބަދަލުކުރަން ގިނަ ދުވަސްތަކެއް ނެގި އެވެ.
Comment