Advertisement

އަނެއްކާ ވެސް ހުޅުމާލެއިން ދިރިއުޅުމަށް ބިންތަކެއް ވިއްކާލަން އިއުލާނުކޮށްފި

13 އޮކްޓޯބަރު 2024 - 16:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތް -- ފޮޓޯ: އަދަދު ފައިލް


އަނެއްކާ ވެސް ހުޅުމާލެއިން ދިރިއުޅުމަށް ބިންތަކެއް ވިއްކާލަން އިއުލާނުކޮށްފި

13 އޮކްޓޯބަރު 2024 - 16:27 0

އެންމެ ބޮޑު އަގު ހުށަހަޅާ ބަޔަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 18 ބިމެއް ވިއްކާލަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނަކީ މެއި 9، ގައި އެ ކޯޕަރޭޝަނުން ކުރި އިއުލާނަށް ގެނައި އިސްލާހެކެވެ.

އެޗްޑީސީން ފުރަތަމަ ކުރި އިއުލާނުގައި ވިއްކަން ހުޅުވާލީ 13 ބިމެކެވެ. ނަމަވެސް މިފަހަރު ގެނައި އިސްލާހާ އެކު ބިމުގެ އަދަދު ވަނީ 18 އަށް އިތުރުވެފަ އެވެ.

ވިއްކާލަން ނިންމާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑާއި ބީވު ފުރަންޓުގައި ހުރި ބިންތަކެކެވެ. އެ ބިންތައް ވިއްކަނީ ދިރިއުޅުމުގެ ބޭނުމަށެވެ. ބިންތަކުގެ ތެރޭގައި ހިމެނެނީ 1261 އަކަފޫޓާއި 1584 އަކަފޫޓުގެ ބިންތަކެކެވެ.

ހުޅުމާލެއިން ބިންތަކެއް ވިއްކަން އެޗްޑީސީން އިއުލާނު ކޮށްފައިވާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި އާންމުންނަށް ދޫކުރި ބިންތައް ހަވާލު ކުރުން ލަސްވާތީ އާންމުންގެ ފާޑުކިޔުން ވަނީ އެ ކޯޕަރޭޝަނަށް އަމާޒުވެފަ އެވެ.