Advertisement

އިއްޔެ 65 މޭލަށް ވައިގަދަވި، އެންމެ ވައިިގަދަވީ ދަރަވަންދޫ އަށް

12 އޮކްޓޯބަރު 2024 - 14:28 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ވާރެއިން ހިޔާވުމަށް މީހަކު މަސައްކަތްކުރަނީ. އިއްޔެ އެންމެ ގަދައަށް ވައިޖެހުނީ ދަރަވަންދޫ އަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އިއްޔެ 65 މޭލަށް ވައިގަދަވި، އެންމެ ވައިިގަދަވީ ދަރަވަންދޫ އަށް

12 އޮކްޓޯބަރު 2024 - 14:28 0

އިއްޔެ އެންމެ ވައިގަދަވީ ދަރަވަންދޫއަށް ކަމަށް މޯލްޑިވްސް މީޓިިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މެޓް އޮފީހުގެ ރެކޯޑުތަކުން ފެންނަ ގޮތުގައި ދަރަވަންދޫއަށް އާންމު ގޮތެއްގައި ވައިޖެހެނީ 23 މޭލަށެވެ. ނަމަވެސް ވިލާގަނޑުގައި 65 މޭލަށް އެ ރަށަށް ވައިގަދަވި އެވެ.

ދެން އެންމެ ވައިގަދަވީ މާލެއަށެވެ. މާލެއަށް ވިލާގަނޑުގައި 56 މޭލަށް ވައިގަދަވިއިރު އާންމުގޮތެއްގައި ވައިޖެހެނީ 23 މޭލަށެވެ.

އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑުކުރެވުނީ މާލެ ސަރަހައްދަށެވެ. އެގޮތުން ހުޅުލެއަށް 37.2 މިލިމީޓަރުގެ ވެހުނުއިރު 36.6 މިލިމީޓަރުގެ ހުޅުމާލެއަށް ވާރޭ ވެހިފަ އެވެ. އަދި މާލެއަށް ވެހުނީ 31.0 މިލިމީޓަރުގެ ވާރެ އެވެ.

މާލޭ ސަރަހައްދުގެ އިތުރުން ދެން އެންމެ ގިނައިން ވާރޭ ވެހުނީ ރ. އިފުރަށެވެ. އެ ރަށަަށް 34.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ދަތުރުފަތުރުކުރުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ. މެޓް އޮފީހުން ވަނީ ނ. އަަތޮޅުން ފެށިގެން ތ. އަތޮޅަށް މިއަދުގެ އިރުއޮއްސި ހައެއް ޖަހަންދެން ހުދު ސަމާލު ނެރިފަ އެވެ.