Advertisement

ހައްޖު ކޯޕަރޭޝަން އެމްޑީގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަމާލުވޭ!

12 އޮކްޓޯބަރު 2024 - 08:00 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ހައްޖު ކޯޕަރޭޝަން އެމްޑީގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަމާލުވޭ!

12 އޮކްޓޯބަރު 2024 - 08:00 0

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްްމަދު ޝަކީލްގެ ނަމުގައި ފައިސާ ހޯދަން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލު ވުމަށް އޭނާ އިލްތިމާސް ކުރައްވައިފި އެވެ.

އެކްސްގައި ޝަކީލް ކުރެއްވި ޕޯސްޓެއްގައި، އޭނާގެ ނަމުގައި ކޯލްކުރާ މީހާގެ ނަމާއި ފޯނު ނަންބަރު ހިއްސާ ކުރައްވާފައިވެ އެވެ.

"އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް މީނާ ކުރަމުން ދާތީ ސަމާލު ވުމަށް ދަންނަވަމެވެ. އަޅުގަނޑުގެ ފަރާތުން ކަމަށް ބުނެ އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް ކުރާ ފޯން ކޯލްތަކަށް އިޖާބަ ނުދިނުމަށް ދަންނަވަމެވެ،" ޝަކީލް ވިދާޅުވި އެވެ.

އެ މައްސަލަ އޭނާ ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅުއްވައިފަ އެވެ.

ފޯނުން ގުޅައި އެކި އުކުޅުތައް ބޭނުންކޮށް، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.