Advertisement

ދަރިވަރުން ގްރޫމްކުރި ކަމުގެ ތުހުމަތު ކުރެވޭ ޓީޗަރު ޝަރުތުތަކަކާއެކު ދޫކޮށްލައިފި

18 ޑިސެންބަރު 2024 - 13:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ހުރީ 29 އަހަރުގެ ދިވެހި ފިރިހެނެއް -- ފޮޓޯ: އަދަދު


ދަރިވަރުން ގްރޫމްކުރި ކަމުގެ ތުހުމަތު ކުރެވޭ ޓީޗަރު ޝަރުތުތަކަކާއެކު ދޫކޮށްލައިފި

18 ޑިސެންބަރު 2024 - 13:05 0

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ދަރިވަރުންތަކެއް ގްރޫމްކުރި ކަމުގެ ތުހުމަތުގައި ސެންޓްރަލް ޕޮލިސްއިން ހައްޔަރުކޮށްފައި ހުރި 29 އަހަރުގެ ދިވެހި ޓީޗަރު، ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މީހާ ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ޓީޗަރުގެ ވަނަވަރު ވެސް އަދި އެއީ ކޮން ރަށެއްގެ މީހެއްކަން ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް އެ މީހާ މަސައްކަތް ކުރީ މ، ފ، ދ، ތ، ލ ގެ ތެރެއިން ކޮންމެވެސް އެއް އަތޮޅަކަށް ނިސްބަތްވާ ރަށެއްގެ ސްކޫލްގައި ކަމަށް ފުލުހުން މީގެ ކުރިން ހާމަ ކުރި އެވެ.

ގްރޫމްކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ޓީޗަރު ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 27، ގަ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ޓީޗަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ނޮވެމްބަރު 25، ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.