Advertisement

އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ހާމަނުކުރާތީ ވޯލްޑް ބޭންކްގެ ކަންބޮޑުވުން

11 އޮކްޓޯބަރު 2024 - 08:23 0

ސާއިފް ޝިޔާދު

ސ

Advertisement

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތައް ދައްކައިދޭ ކުރެހުމެއް: ދައުލަތުގެ ހަރަދާއި އާމްދަނީގެ އެންމެ އަދާހަމަ ހިސާބުތައް ހުންނަނީ މި ރިޕޯޓުތަކުގައި -- އިލަސްޓްރޭޝަން: އިސްމާއިލް އިމްދާދު/އަދަދު


އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ހާމަނުކުރާތީ ވޯލްޑް ބޭންކްގެ ކަންބޮޑުވުން

11 އޮކްޓޯބަރު 2024 - 08:23 0

Advertisement

Advertisement

ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމަނައިގެން ފިނޭންސް މިނިސްޓްރީން ގަވާއިދުން ޝާއިއުކުރަމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުތައް އާންމުނުކުރާތީ ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސަރުކާރުން އެންމެ ފަހުން އެ ރިޕޯޓުތައް ޝާއިއުކުރީ ޖޫން 20, ގަ އެވެ. ވޯލްޑް ބޭންކުން މިފަދަ ކަންބޮޑުވުމެއް ފާޅުކުރީ އެ ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓު އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓައިމްސް" ރިޕޯޓުގަ އެވެ.

Advertisement

"ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ރިކޮންސިލިއޭޝަން މަސައްކަތްތަކުގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ފިސްކަލް ސްޓެޓިސްޓިކްސް އާންމުކޮށްފައި ނުވާތީ، މުޅި އިގުތިސޯދީ ހާލަތުގެ ދެފުށް ފެންނަ ކަމާ ގުޅޭ ކަންބޮޑުވުންތަކެއް އުފެދިފައިވޭ," ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.

ފިނޭންސުން ރިޕޯޓު އާންމުނުކުރާތާ 113 ދުވަސް ވަނީ ހަމަވެފަ އެވެ. އެ މިނިސްޓްރީގެ ވަޒީރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދިނުމާ ގުޅިގެން ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ވަނީ ފިނޭންސަށް ހަމަޖައްސާފަ އެވެ. އޭގެ ފަހުން ވެސް ރިޕޯޓުތައް ޝާއިއުކޮޮށްފައި ނުވެ އެވެ.

މިއަދު ވެސް ފިނޭންސުގެ ވެބްސައިޓުގެ އެ ރިޕޯޓުތައް ހުންނަ ބަޔަށް ވަނުމުން ފެންނަ އޮތީ ރީކޮންސިލިއޭޝަން މަސައްކަތް ނިންމާ، ޖުލައި ހަތަރު ވަނަ ހަފުތާގައި އާންމު ކުރާނެ ކަމަށް ބުނެ ޖަހާފައި އޮތް ނޯޓިހެވެ.

Advertisement

މާލީ ހިސާބުތަކުގެ ރިޕޯޓުތައް އާންމު ކުރުން ފިނޭންސުން ހުއްޓާލާފައިވާއިރު، ގައުމުގެ މާލީ މުސްތަގުބަލާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.