Advertisement

މޯލްޑިވިއަންއިން ފުނަދޫއަށް ކުރާ ދަތުރުތައް އަލުން ފަށައިފި

10 އޮކްޓޯބަރު 2024 - 16:43 0

ލީވާން އަލީ ނާސިރު

ލ

Advertisement

މޯލްޑިވިއަންގެ ބޯޓެއް: މޯލްޑިވިއަންއިން ފުނަދޫއަށް ކުރާ ދަތުރުތައް އަލުން ފަށަން ވަނީ ނިންމާފައި


މޯލްޑިވިއަންއިން ފުނަދޫއަށް ކުރާ ދަތުރުތައް އަލުން ފަށައިފި

10 އޮކްޓޯބަރު 2024 - 16:43 0

Advertisement

Advertisement

ފަޔާ ލޮރީ ނުދުއްވޭތީ، ގައުމީ އެއާލައިން މޯލްޑިވިއަންއިން ށ. ފުނަދޫއަށް ކުރާ ދަތުރުތައް ހުއްޓާލަން މިއަދު ނިންމުމަށްފަހު، އަނެއްކާ ވެސް އަލުން ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވިއަންއިން މިރޭ ނެރުނު ނޯޓިސްއެއްގައި ބުނީ ފުނަދޫއަށް ކުރާ ދަތުރުތައް އަލުން ފަށައި، ބުކިން ހެދުމާއި ޓިކެޓު ގަތުމަށް ހުޅުވާލާފައިވާ ކަމަށެވެ.

Advertisement

މޯލްޑިވިއަންއިން މިއަދު މެންދުރު ނެރުނު ނޯޓިސްއެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުނަދޫއަށް ޝެޑިއުލް ފްލައިޓުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

މޯލްޑިވިއަންއިން ކުރިން ބުނީ ފްލައިޓުތައް މެދުކަނޑާލަން ޖެހުނީ ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. މިގޮތުން އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށީ އެ މައްސަލަ ހައްލުކޮށްގެން ކަމަށް ބެލެވެ އެވެ.

މޯލްޑިވިއަންއިން ފުނަދޫ އެއާޕޯޓަށް އުދުހުން މެދުކަނޑާލައިފި

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ބުނީ ފްލައިޓުތައް މެދުކަނޑާލީ، ފުނަދޫ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވީ މައްސަލައަކާ ގުޅިގެން ކަމަށް

މޯލްޑިވިއަންއިން ފުނަދޫ އެއާޕޯޓަށް އުދުހުން މެދުކަނޑާލައިފި

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ބުނީ ފްލައިޓުތައް މެދުކަނޑާލީ، ފުނަދޫ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވީ މައްސަލައަކާ ގުޅިގެން ކަމަށް

Advertisement

އެއާޕޯޓުތަކުގެ ސޭފްޓީ އުސޫލު އޮންނަ ގޮތުން ފަޔާ ލޮރީ ނެތް ހިނދެއްގައި ފްލައިޓު އެޅުމަކީ މަނާ ކަމެކެވެ.

ފުނަދޫ އެއާޕޯޓު އޮންނަނީ ރީޖަނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުގަ އެވެ. މިކަމާ ގުޅޭ ގޮތުން އަދި އެ ކުންފުނީގެ ބަހެއް ނުލިބެ އެވެ.

މޯލްޑިވިއަންއިން ކޫއްޑޫއަށް ކުރާ ދަތުރުތައް މާދަމާއިން ފެށިގެން ހުއްޓާލަން ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން އެ ކުންފުނީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ދަތުރުތައް ހުއްޓާލީ ކޫއްޑޫ އެއާޕޯޓް މަރާމާތު ކުރުމަށްފަހު ގިނަ ދުވަސްވެފައިވާތީ އެ ތަނަށް ދަތުރު ކުރަން ރައްކާތެރި ނުވާތީ ކަމަށެވެ.