Advertisement

ރޮބޯމޭން - ދަ މޫވީގެ ހާއްސަ ދެ ޝޯ ހަފްތާ ބަންދުގައި ބާއްވަނީ

10 އޮކްޓޯބަރު 2024 - 15:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރޮބޯމޭން - ދަ މޫވީގެ ހާއްސަ ދެ ޝޯ ހަފްތާ ބަންދުގައި ބާއްވަނީ

10 އޮކްޓޯބަރު 2024 - 15:08 0

ގިނަ ކުޑަދިންނާއި ބޮޑެތި މީހުންގެ ލޯބި ލިބިފައިވާ ރޮބޯމޭން ކެރެކްޓާގެ މައްޗައް ތައްޔާރުކޮށްފައިވާ ފިލްމު "ރޮބޯމޭން – ދަ މޫވީ" ހަފްތާ ބަންދުގައި އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު 26، އިން އޮކްޓޯބަރު 5، ގެ ނިޔަލަށް އޮލިމްޕަހުގައި އެޅުވި އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މީޑިއާނެޓުން ބުނީ ފިލްމު ހަފްތާ ބަންދުގައި އެޅުވުމަށް ނިންމީ، ކުރިން ފިލްމު އެޅުވީ ސްކޫލް ޗުއްޓީ ދުވަސްވަރުގައި ކަމުން ގިނަ ބަޔަކު އޭރު ރަށުން ބޭރަށް ގޮސްފައިވާތީ ފުރުސަތެއް ދިނުމަށް ކަމަށެވެ.

އެގޮތުން ބެލުންތެރިންގެ އެދުމުގެ މަތިން ރޮބޯމޭން – ދަ މޫވީގެ ހާއްސަ 2 ޝޯ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:30 އެޅުވުމަށް ހަމަޖެހިފައިވާއިރު، ފިލްމު ބަލާލަން ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. \

ފިލްމުގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން 7656000 ނަންބަރަށް ގުޅައިގެން ކުރިއަށްދާން ވަނީ އެދިފަ އެވެ.

ރޮބޯމޭން – ދަ މޫވީ އަކީ މީޑިއާނެޓުގެ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ، އޯކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ.

ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެ ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާޓިސްޓުންވެސް ފެނިގެންދާނެ އެވެ.