Advertisement

ސެލީނާ ގޯމޭޒްއާ އެކު ކެއްކުމުގެ ތަޖުރިބާއެއް ކޮށްލެވޭ ޕްރޮގްރާމެއް

14 އޮކްޓޯބަރު 2024 - 14:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސެލީނާ ގޯމޭޒްއާ އެކު ކެއްކުމުގެ ތަޖުރިބާއެއް ކޮށްލެވޭ ޕްރޮގްރާމެއް

14 އޮކްޓޯބަރު 2024 - 14:13 0

ހޮލީވުޑްގެ މަޝްހޫރު ތަރި ސެލީނާ ގޯމޭޒްއާ އެކު ކެއްކުމުގެ ތަޖުރިބާއެއް ކޮށްލެވޭ "ސެލީނާ + ރެސްޓޯރެންޓް" މީޑިއާނެޓްގެ ޓީއެލްސީ ޗެނަލްއިން މާދަމާ ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ޕްރޮގްރާމަކީ ލޮސް އެންޖެލަސްގެ ތަފާތު އެކި ރެސްޓޯރެންޓްތަކާއެކު ކެއްކުމުގައި އޭނާ ބައިވެރިވާ ޕްރޮގްރާމެކެވެ. މިގޮތުން ސެލީނާ ޒިއާރަތްކުރާ ކޮންމެ ރެސްޓޯރެންޓެއްގެ ވެސް "ސިގްނޭޗާ" ކެއުން ތައްޔާރު ކުރަން އޭނާ މަސައްކަތް ކުރާނެ އެވެ.

ހަ އެޕިސޯޑަށް ބަހާލައިގެން އުފައްދާފައިވާ އެ ޕްރޮގްރާމް ވެގެންދާނީ ސެލީނާ ފަދަ ހޮލީވުޑްގެ މަޝްހޫރު ޝަހްސިއްޔަތެއްގެ ކެއްކުމުގެ ހުނަރު ފެނިގެންދާ އެންމެ ފާހަގަކޮށްލެވޭ ޕްރޮގްރާމަށެވެ.

އެ ޕްރޮގްރާމްއަކީ "ސެލީނާ + ޗެފްސް" އަށްފަހު ސެލީނާ ފެނިގެންދާނެ ދެވަނަ ކައްކާ ޝޯ އެވެ. "ސެލީނާ + ޗެފްސް" އަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ނޮވެމްބަރު 19، ގެ ނިޔަލަށް ކޮންމެ ހަފްތާއަކު 30 މިނެޓުގެ އެޕިސޯޑެއް ޓީއެލްސީން ދައްކާއިރު، އެއީ ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ޕްރޮގްރާމަކަށް ވާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

"ސެލީނާ + ރެސްޓޯރެންޓް" ބަލަން ބޭނުންވާ ފަރާތްތަކަށް މީޑިއާނެޓްގެ ޓީއެލްސީ ޗެނަލަން އިން ކޮންމެ އަންގާރަ ދުވަހެއްގެ 18:55 ގައި އެ ޕްރޮގްރާމް ފެންނާނެ އެވެ.