Advertisement

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންފި

10 އޮކްޓޯބަރު 2024 - 13:47 1

މޫސާ ނާޝިއު

މޫސާ ނާޝިއު

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން:


އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންފި

10 އޮކްޓޯބަރު 2024 - 13:47 1

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވައްޓެރި އިންޑިއާ އަށް ފަސް ދުވަހުގެ މުއްދަތަކަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހެވެ. ދަތުރު ނިންމާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަތީ މިއަދު މެންދުރެވެ.

އެ ދަތުރުގައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައީސް އަދި އެހެން އިސްވެރިންނާ ބައްދަލު ކުރެއްވި އެވެ.

އެ ދަތުރުގައި ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ދިޔައިރު ވަޒީރުންގެ ވަފުދެއް ވެސް ވަނީ ރައީސްއާއެކު އެ ދަތުރުގައި ބައިވެރިވެފަ އެވެ.

މިދަތުރުގެ ތެރެއިން ރާއްޖެ އާއި އިންޑިއާ ދެމެދު ވަނީ ފަސް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު އެނބުރި މާލެ ވަޑައިގެން އިންޑިއާއަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.

އޭގެ އިތުރުން, ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވި އެވެ.

ނަމަވެސް, މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވިފަހުން ދެ ގައުމުގެ ގުޅުން ދަނީ ރަނގަޅުވަމުންނެވެ.

ސަރުކާރުގެ މާލީ ހާލަތު ގޯސްވެފައިވާއިރު ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އެއް ގައުމަކީ އިންޑިއާ އެވެ.