Advertisement

ބަޔާންގެ ޑިފެންސާ މެދު ކޮމްޕެނީ ހާހެއް ނުވޭ

7 އޮކްޓޯބަރު 2024 - 14:15 0


ބަޔާންގެ ޑިފެންސާ މެދު ކޮމްޕެނީ ހާހެއް ނުވޭ

7 އޮކްޓޯބަރު 2024 - 14:15 0

މިއުނިކް (އޮކްޓޫބަރު 7) - ޖަރުމަނު ލީގުގައި ރޭ ފަހު ވަގުތު އައިންޓްރަކްޓް ފްރޭންކްފާޓުން ގޯލު ޖަހައި، 3-3 އިން ބަޔާން މިއުނިކާ އެއްވަރުކުރި ނަމަވެސް، އެ ޓީމުގެ ޑިފެންސާ މެދު ހާސްވެގެން ކަންކަން ބަދަލުކުރަންޖެހޭ ހާލަތަށް ކަންކަން ނުދާ ކަމަށް ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.

ރަށުންބޭރުގައި ބަޔާނުން ރޭ ކުޅުނު މެޗުގައި، ކިން މިން ޖޭގެ ގޯލުން ލީޑުނެގި އެވެ. އެކަމަކު، އޮމާރު މާމޫޝް އާއި ހޫގޯ އެކިޓީކޭގެ ގޯލުތަކުން ފްރޭންކްފާޓުން ނަތީޖާ އަނބުރާލި އެވެ. އެކަމަކު، ޑަޔޫޓް އުޕަމެކާނޯ ވަނީ ގޯލު ޖަހައި ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި، މައިކަލް އޮލީސޭގެ ގޯލުން ބަޔާނުން އަލުން ލީޑުނެގިއިރު، އިތުރު ވަގުތުގައި މާމޫޝް ވަނީ ލަނޑެއް ޖަހައި، އެއްވަރުކޮށްދީފަ އެވެ.

މި މެޗުން މޮޅުނުވެވުމުން، ޖަރުމަނު ލީގުގެ އެއް ވަނައިގައި ބަޔާންގެ ލީޑު ވަނީ ގެއްލިފަ އެވެ. އެއް ވަނައިގައި އޮތް ބަޔާނާއި ދެ ވަނައިގައި އޮތް ލައިޕްޒިގަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ފްރޭންކްފާޓުގެ 13 ޕޮއިންޓް އޮތްއިރު، ހަތަރެއްގައި އޮތް ފްރައިބާގަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނާއި ހަ ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް ވަނީ 11 ޕޮއިންޓް ލިިބިފަ އެވެ.

ބަޔާނުގެ ކޯޗު، ކޮމްޕެނީ ބުނީ، އެ ޓީމު ކޮޅަށް ތިން ގޯލު ވަނީ މާ ބޮޑު މައްސަލަތަކެއް އުޅޭތީ ނޫން ކަމަށާއި މިއީ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެއް ކަމަށެވެ. އަދި މައްސަލަ އަކަށްވާނީ ކޮންމެ މެޗެއްގައި ވެސް ގިނަ ގޯލުތަކެއް ވަންނަމަ ކަމަށާއި އެކަމަކު، އަދި އެ ހާލަތެއް ނާންނަ ކަމަށް ކޮމްޕެނީ ފާހަގަކުރި އެވެ.