5 އޮކްޓޯބަރު 2024 - 10:03 0
5 އޮކްޓޯބަރު 2024 - 10:03 0
ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުން ޖާގަ ލިބޭ އެންމެ ރަނގަޅު ތިން ވަނަ ޓީމުތަކުގެ ދެ ޖާގަ، އެމްއޭސީއެލް އާއި ކްލަބް އިމިގްރޭޝަނަށް ލިބިއްޖެ އެވެ.
މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 28 ޓީމު ވާދަކުރާތީ، ގަދަ 16 ހޮވުމުގައި ބެލީ ހަތް ގްރޫޕްގެ އެއް ވަނަ އާއި ދެ ވަނަ އަށް ގަދަ 16 ޖާގަ ލިބޭއިރު، ހަތް ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމަކަށް ނޮކައުޓުން ފުރުސަތު ލިބޭ ގޮތަށެވެ.
ގްރޫޕް ބީގެ ތިން ވަނަ ހޯދި އެމްއޭސީއެލް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެ ޓީމަކީ އެންމެ ގިނައިން ޕޮއިންޓް ހޯދި ތިން ވަނަ އަށް ދިޔަ ޓީމެވެ. ދެން އޮތް ހަ ގްރޫޕްގެ ތިން ވަނަ ޓީމަށް ވެސް ލިބުނީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން، ނޮކައުޓަށް ހޮވުނީ އިމިގްރޭޝަން އެވެ. އެއީ، ލަނޑުގެ ތަފާތުންނެވެ. އިމިގްރޭޝަންގެ ފައިދާ އެއް ގޯލު އޮތްއިރު، އެ ޓީމާ އެންމެ ގާތުން ވާދަކުރި އެލައިޑް ޓީމުގެ ވެސް އޮތީ -1 ގޯލެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ނޮކައުޓް ބުުރުގެ ގުރުއަތުލުން މިއަދު އޮންނާނެ އެވެ. ގަދަ 16 ޓީމު ބެހިފައިވަނީ ހަތަރު ޕޮޓަކަށެވެ.
ކްލަބް އެޗްޑީސީ
ޓީމު އެފްއެސްއެމް
އެސްޓީއޯ ރެކްރިއޭޝަން ކްލަބް
ސްޓެލްކޯ ރެކްރިއޭޝަން ކްލަބް
ޔުނައިޓެޑް ބީއެމްއެލް
ރޯޑް ރެކްރިއޭޝަން ކްލަބް
ޕޯޓް ރެކްރިއޭޝަން ކްލަބް (އެމްޕީއެލް)
ދިވެހި ސިފައިންގެ ކްލަބް
މޯލްޑިވިއަން
ކްލަބް ވެމްކޯ
ޓީމު އެމްއޭސީއެލް
ކްލަބް އިމިގްރޭޝަން
ކްލަބް ފެން
ކްލަބް ޓީޓީއެސް
ޕްރިޒަން ކްލަބް
ދިރާގު
ގުރުއަތުލުން ކުރިއަށްދާ ގޮތަށް ބަލާއިރު، ޕޮޓް އެކެއް ވާދަކުރަން ޖެހޭނީ ޕޮޓް ތިނެއްގައި ހިމެނޭ ޓީމުތަކާ އެވެ. ޕޮޓް ދޭއްގައި ހިމެނޭ ޓީމުތައް ކުޅެން ޖެހޭނީ ޕޮޓް ހަތަރަކާ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ނޮކައުޓް ބުރު ފެށޭނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ.
Comment