Advertisement

އާމިނަތު ޝަރީފު ފިޝަރީޒަށް، ނަމްޒާ ލޯކަލް ގަވާމެންޓު މިނިސްޓްރީ އަށް ބަދަލުކޮށްފި

4 އޮކްޓޯބަރު 2024 - 13:17 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ސްޓޭޓް މިނިސްޓަރު އާމިނަތު (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނަމްޒާ (ވ)


އާމިނަތު ޝަރީފު ފިޝަރީޒަށް، ނަމްޒާ ލޯކަލް ގަވާމެންޓު މިނިސްޓްރީ އަށް ބަދަލުކޮށްފި

4 އޮކްޓޯބަރު 2024 - 13:17 1

ޖެންޑާ މިނިސްޓްރީގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ މިނިސްޓަރަކު އެހެން ދެ މިނިސްޓްރީ އަކަށް ބަދަލުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު އަދަދު ނޫހަށް ވިދާޅުވި ގޮތުގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސެއިން ޝަރީފް ފިޝަރީޒް މިނިސްޓްރީ އަށް، އަދި ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ ލޯކަލް ގަވާމެންޓު މިނިސްޓްރީ އަށް ވަނީ ބަދަލުކޮށްފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ފިޝަރީޒް މިނިސްޓްރީގައި މިހާރު ވެސް ދެ ސްޓޭޓު މިނިސްޓަރުންނާއި ހަތް ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވި އެވެ. ޔޫތު މިނިސްޓްރީގައި ހަ ސްޓޭޓު މިނިސްޓަރުން އަދި 13 ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވި އެވެ.

އާމިނަތު ޝަރީފު އާއި ނަމްޒާ ބަދަލު މިކުރީ ޖެންޑާ މިނިސްޓްރީގެ އެލްޑާލީ ޑިޕާޓްމަންޓު، ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފައި ވަނިކޮށެވެ. އެ ބަދަލާއެކު، އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށް ހުންނެވި ޝޫޒަން ވަނީ މިނިސްޓްރީގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އަދި އޭނާއާމެދު ތަފާތުކުރުންތައް ގެންގުޅުއްވި ކަމަށް ތުހުމަތު ވެސް ކުރައްވައިފަ އެވެ.

ކުރިން ވެސް އައިމިނަތު ޝަރީފު ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާތީ އެލްޑާލީ ޑިޕާޓްމަންޓު ހިންގެވުމަށް ހުންނެވި ޝޫޒަންއާ ގާތް ގުޅުމެއް އޮތް ކަމަށް މި ނޫހާ ވާހަކަ ދެއްކެވި ޖެންޑާ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

އާމިނިތު ޝަރީފު އަކީ ރައްޔިތުންގެ މާފަންނު މެދު ދާއިރާއިން ވާދަކުރި އަސްމާ ރަޝީދުގެ ދަރިކަނބަލެކެވެ.

ކުށެއްގެ އިސްލާހު


މި ހަބަރުގައި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ހުންނެވި އައިމިނަތު ނަމްޒާ ބަދަލުކުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަށް ކަމަށް ކުރިން ލިޔެފައި ވަނީ މައުލޫމާތުގެ އޮޅުމަކުންނެވެ. އެކަމަށްޓަކައި މައާފަށް އެދެމެވެ. ނަމްޒާ ބަދަލުކުރީ ލޯކަލް ގަވާމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.