Advertisement

ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ހަންބޯ ކުންފުނިން ފައިސާ ދައްކަން ކުރި ހުކުމެއް ބާތިލުކޮށްފި

3 އޮކްޓޯބަރު 2024 - 10:47 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހަންބޯ ކުންފުނިން ހުޅުމާލޭގައި އެޅި ކޭ-ޕާކް ރެސިޑެންސް އިމާރާތް. މި އިމާރާތުން އެޕާޓްމަންޓް ގަތް އެތައް ބަޔަކަށް ވަނީ ލަނޑު ލިބިފައި. ފައިލް ފޮޓޯ/އަދަދު


ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ހަންބޯ ކުންފުނިން ފައިސާ ދައްކަން ކުރި ހުކުމެއް ބާތިލުކޮށްފި

3 އޮކްޓޯބަރު 2024 - 10:47 0

ކޭޕާކުން އެޕާޓްމަންޓެއް ގަތް މީހަކަށް ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކޮށްފައި އޮތް ހުކުމެއް ހަމަ އެ ކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން އައްޑޫ ހިތަދޫ، ނަސީމީ މަންޒިލް، ރަފީއުއްދީން ނަސީމަށް 2.9 މިލިޔަން ރުފިޔާ އާއި 20،000 އެމެރިކާ ޑޮލަރު ދައްކަން ހަންބޯ ކުންފުންޏަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދި ހުށަހެޅި މައްސަލަ އެކޯޓުން ބެލީ ޣައިރު ހާޒިރުގައި ކުރާ ހުކުމެއް ރަނގަޅު ނޫން ނަމަ އެ ހުކުމް ކުރި ކޯޓުން ހުކުމް ބާތިލުކުރަން މަދަނީ އިޖުރާއަތުގެ ގާނޫނުގެ 124 ވަނަ މާްއްދާގައި އޮންނާތީ އެވެ.

ރަފީއުއްދީނަށް ފައިސާ ދައްކަން އަންގައި އޮކްޓޯބަރު 24، 2022 ގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކުރަން އެދި ހަންބޯ ކުންފުނިން އެ ކޯޓަށް ހުށަހެޅީ މި އަހަރުގެ ޖޫން މަހު އެވެ. ސިވިލް ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގައި އޮތީ ޑިސެންބަރު 24، 2023 ގެ ނިޔަލަށެވެ.

އެ ހުކުމް ބާތިލުކުރަން އެދި ހުށަހެޅި މައްސަލާގައި ހަންބޯ ކުންފުނިން ފާހަގަކޮށްފައި އޮތް ފުރަތަމަ ނުކުތާ އަކީ އެ ކުންފުނީގެ ނަމުގައި، ފޯޖުކޮށްގެން ހަދާފައިވާ ލިޔެކިއުންތަކެއް ބޭނުންކޮށްގެން އެޕާޓްމަންޓު ވިއްކި މައްސަލަ، ފްރޯޑް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ ކަމެވެ.

ދެވަނަ ނުކުތާއަކީ ރަފީއުއްދީން ނަސީމް އެކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ލިޔެކިއުންތަކާ އެހެން ފަރާތަކުން ހަވާލުވުމުގެ ސަބަބުން، އެ މައްސަލާފައި ޖަވާބުދާރީ ވުމުގެ ފުރުސަތު ކުންފުނީގެ އިސްވެރިންނަށް ނުލިބުނު ކަމަށް ބުނެ ފާހަގަ ކުރި ނުކުތާ އެކެވެ.

ހަންބޯ ކުންފުންޏާ ދެކޮޅަށް ދައުވާކުރި ކަމުގެ މައުލޫމާތު ލިބުމާ އެކު ޖަވާބުދާރީ ވުމުގެ ފުރުސަތަށް، އެ ކުންފުނީގެ ވަކީލުން އެދުނު ނަމަވެސް ލިޔެކިއުންތަކާ އެހެން ފަރާތަކުން ހަވާލުވެފައިވާ ކަން ފާހަގަކޮށް އެ ފުރުސަތު ނުދިން ކަމަށް ވެސް ހަންބޯކުންފުނިން ޝަރީއަތުގައި ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތެވެ.

ރަފީއުއްދީނަށް ފައިސާ ދައްކަން ކުރި ހުކުމް ސިިވިލްކޯޓުން ބާތިލުކުރީ މީގެ އިތުރުން ވެސް ގިނަ ނުކުތާތަކަށް ރިއާޔަތްކޮށްގެންނެވެ.