Advertisement

އެމްޑީޕީގެ ސިޔާސަތުތައް ބައްޓަން ކުރަން ތިންކް ޓޭންކަކާއި އެކަޑަމީއެއް އުފައްދަނީ

2 އޮކްޓޯބަރު 2024 - 22:29 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްޑީޕީގެ ސިޔާސަތުތައް ބައްޓަން ކުރަން ތިންކް ޓޭންކަކާއި އެކަޑަމީއެއް އުފައްދަނީ

2 އޮކްޓޯބަރު 2024 - 22:29 1

އެމްޑީޕީ ހަރުދަނާކޮށް ކުރިއަށް ގެންގޮސް، މުއައްސަސާއެއް ގޮތަށް ދެމި އޮންނާނެ ގޮތެއް ހޯދުމަށް ރޯޑް މެޕެއްގެ ދަށުން ތިންކް ޓޭންކްއަކާއި ސިޔާސީ މީހުން ތަމްރީން ކުރަން އެކަޑަމީއެއް އުފައްދަން ގައުމީ މަޖިލީހުން ނިންމައިފި އެވެ.

ގައުމީ މަޖިލީހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ތިންކް ޓޭންކެއް އުފައްދަނީ އެމްޑީޕީގެ ކަންތައްތައް ކުރިއަށް ގެންދަން ރަނގަޅު ސިޔާސަތުތަކެއް ޕާޓީގެ ފަރާތުން ނެރެ، ކުރިއެރުވުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަސާސީ ގަވާއިދުގައި ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ތިންކް ޓޭންކެއްގެ ވާހަކަ އެބަ އޮވޭ. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މި ހިޔާރު ކުރަނީ ހަމަ ވަކިން، ވަކި މުއައްސަސާއެއް ގޮތުގައި އެމްޑީޕީގެ ފަރާތުން ރަޖިސްޓްރީ ކޮށްގެން އެފަދަ ތިންކް ޓޭންކެއް އެކުލަވާލަން،" ފައްޔާޒް ވިދާޅުވި އެވެ.

އެ ތިންކް ޓޭންކުން ޕާޓީގެ އެކި އެކި ސިޔާސަތުތައް ބައްޓަން ކުރުމުގައި ކުރަން ޖެހޭ އިލްމީ ދިރާސާތައްކޮށް، މައުލޫމާތާއި ޑޭޓާގެ އަލީގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލު ކުރަން ޕާޓީގެ ލީޑާޝިޕަށް ލީޑާޝިޕަށް ލަފާ ދޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންފަރެންސްތަކެއް ބޭއްވުމަށް ނިންމައި، ފުރަތަމަ ކޮންފަރެންސް ހއ. ، ހދ. އަދި ށ. އަތޮޅަށް ނިސްބަތްވާ ކައުންސިލް މެންބަރުންނާ އެކު ސެޕްޓެމްބަރު 12، ގައި ކުޅުދުއްފުށި ސިޓީގައި ބާއްވަން ވަނީ ނިންމާފަ އެވެ.

ފައްޔާޒް ވިދާޅުވީ އެ ކޮންފަރެންސްގެ ބޭނުމަކީ މިހާރު ދިމާވެފައި އޮތް ގޮންޖެހުންތަކަށް ކައުންސިލަރުން ދެކޭ ގޮތް ބަލައި، އެކަމުގައި އެމްޑީޕީން އަމަލު ކުރާނެ ގޮތުގެ އިތުރުން ލާމަރުކަޒީ ނިޒާމު ދިފާއު ކުރުމަށް މަސައްކަތް ފެށުންކަމަށެވެ.

އޭގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން ޕާޓީގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަށް ވިޔަފާރިއެއް ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.