Advertisement

އެމްއެމްއޭގެ ގަވާއިދާ ގުޅޭ ކަންބޮޑުވުންތައް ސަރުކާރުން އަޑު އަހަންޖެހޭ: ޝާހިދު

2 އޮކްޓޯބަރު 2024 - 16:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: އެމްއެމްއޭގެ ގަވާއިދާ ގުޅޭ ކަންބޮޑުވުންތައް ސަރުކާރުން އަޑު އަހަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


އެމްއެމްއޭގެ ގަވާއިދާ ގުޅޭ ކަންބޮޑުވުންތައް ސަރުކާރުން އަޑު އަހަންޖެހޭ: ޝާހިދު

2 އޮކްޓޯބަރު 2024 - 16:40 0

ބޭރުފައިސާ އާއި ބެހޭ ގަވާއިދާއި މަނީޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ސަރުކާރުން އަޑު އަހަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓުއަރިޒަމް އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާނުކޮށް، ފަތުރުވެރިއަކަށް ބޮލެއްގެ މަގުން ރިސޯޓުތަކުން 500 ޑޮލަރު އަދި ގެސްޓްހައުސްތަކުން 25 ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"މިކަމުގެ ސީދާ އަސަރު ކުރާނެ އެއްބަޔަކީ ރާއްޖޭގެ އެންމެބޮޑު ސިނާޢަތު ކަމުގައިވާ ފަތުރުވެރިކަމަށް ވާއިރު، ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އަދި ލިވަބޯޑުގެ މަޝްވަރާ ހޯދާ އަދި އެފަރާތްތަކުގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ރިއާޔަތް ކުރުމަކީ މުހިންމު ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޝާހިދު ވިދާޅުވީ ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް އަޅާ ފިޔަވަޅެއްގެ ސަބަބުން އެންމެ ބޮޑު ސިނާއަތަށް ގެއްލުމެއް ލިބުމަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މުޅި އިގްތިސާދަށް އިތުރު ގެއްލުން ލިބިދާނެ ކަމެއް ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފެށުމުން މާޗު 1، 1987، އިން ފެށިގެން އަމަލުކުރަމުން އަންނަ، 37 އަހަރު ވެފައިވާ، ބޭރު ފައިސާގެ ގަވާއިދު ވަނީ އުވިފަ އެވެ.