Advertisement

އަމަލީ މަސައްކަތް ނުފަށައި އައްޑޫ ހަންކެޑެ އޮޕަރޭޓުކޮށް ހިންގަން ދެ ކުންފުންޏަކާ ހަވާލުކޮށްފި

2 އޮކްޓޯބަރު 2024 - 14:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

-- ފޮޓޯ: އެމްއެފްއެމްސީ


އަމަލީ މަސައްކަތް ނުފަށައި އައްޑޫ ހަންކެޑެ އޮޕަރޭޓުކޮށް ހިންގަން ދެ ކުންފުންޏަކާ ހަވާލުކޮށްފި

2 އޮކްޓޯބަރު 2024 - 14:18 0

މިހާތަނަށް އަމަލީ މަސައްކަތް ފަށާފައި ނުވާ އައްޑޫ ހަންކެޑެގައި ތަރައްގީ ކުރަން ރާވާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓުގައި ހޮޓާތައް މެނޭޖުކޮށް ހިންގަން ޑުބާއީގެ ދު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ފަންޑު މެނޭޖުމެންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަންކެޑެގައި ތަރައްގީ ކުރާ ހޮޓާތައް ހިންގުން ހަވާލު ކުރަން އެއްބަސްވުމަށް އައީ ޓައިމްސް ހޮޓެލްސް އާއި ކޮންޑުއިޓް ހައުސް އާއެކުގައި ކަމަށެވެ. އެ ދެ ކުންފުންޏާ އެކު ސޮއި ކޮށްފައި ޑުބާއީގައި މިހާރު ކުރިއަށްދާ ފިއުޗާ ހޮސްޕިޓާލިޓީ ސަމިޓުގެ ތެރެއިންނެވެ.

"އަދަދު" ނޫހުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ހަންކެޑެގެ މަސައްކަތް ފެށުމަށް ބިން ސާފުކުރުން ފިޔަވައި އިތުރުކަމެއް ކޮށްފައި ނުވެ އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ހަންކެޑެ ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލު ކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ އެވެ. ހަންކެޑެ ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މަޝްރޫއުގެ ދަށުން ގާއިމުކުރާނީ؛

  • 1041 ކޮޓަރި
  • 2082 އެނދު ހުންނާނެ
  • ދެ ގްރޭންޑް ހޮޓެލް
  • ދެ ޑިލަކްސް ހޮޓެލް
  • 10 ބުޓީކް ހޮޓެލް
  • 64 ސާވިސްޑް އެޕާޓުމެންޓު
  • 17 ބީޗު ވިލާ
  • ނޮލެޖު ސެންޓަރު
  • މިކްސް ސްޕޯޓްސް ބިލްޑިން
  • އައުޓްޑޯ ބީޗް ސްޕޯޓްސް
  • ތިއޭޓަރު
  • ފުޑް ކޯޓާއި ރެސްޓޯރަންޓު އަދި ފިހާރަތަކެވެ.

ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވަމުން ދާތީ އެމްޑީޕީން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއު ވީހައިވެސް އަވަހަކަށް ފަށައިދިނުމަށް ގޮވާލައިފަ އެވެ.

އައްޑޫގައި ފަތުރުވެރިކަން ކުރި އެރުވުމަށް މިދިޔަ ސަރުކާރުން ވަނީ ފަސް ރަށް ހިއްކައި އައްޑޫ އެއާޕޯޓު ތަރައްގީ ކުރަން ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ.