Advertisement

މޯލްޑިވިއަން ސީޕްލޭން ވިޔަފާރި ޒަމާނީ ކުރަން އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލްގެ ޖޮއިންޓް ވެންޗާއެއް ހަދަނީ

1 އޮކްޓޯބަރު 2024 - 23:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވިއަންގެ ސީޕްލޭންއެއް: އައިލެންޑް އޭވިއޭޝަނުން މި ވިޔަފާރިއަށް ނިކުތީ 2014 ގައި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


މޯލްޑިވިއަން ސީޕްލޭން ވިޔަފާރި ޒަމާނީ ކުރަން އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލްގެ ޖޮއިންޓް ވެންޗާއެއް ހަދަނީ

1 އޮކްޓޯބަރު 2024 - 23:18 0

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީ ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސުން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު އިއްޔެ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މޯލްޑިވިއަން ސީޕްލޭން ވިޔަފާރި އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން އެމްއޭސީއެލްއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމް ކުރުމަށެވެ.

ސަރުކާރުން ނިންމީ އައިއޭއެސްއެލްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، އެމްއޭސީއެލްއާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ އެޕްރީލް 30، އަށް ނިންމުމަށެވެ. އަދި އެ ކުންފުނި އުފެއްދުމަށް ނިންމަން ޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

އައިލެންޑް އޭވިއޭޝަނުން ސީޕްލޭން ހިދުމަތް ފެށީ 2014 ގަ އެވެ. އެއީ އެ ކުންފުނީގެ އާމްދަނީ އިތުރުކުރަން އޭރުގެ ސަރުކާރުން ނިންމި ނިންމުމެކެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ހާއްސަކުރި ސީޕްލޭން ހިމެނޭހެން، "ޑީއެޗުސީ-6 ޓްވިން އޮޓާ އެއާކްރާފްޓު" ގެ 11 މަތިންދާބޯޓު އޮވެ އެވެ.