ރިސޯޓުތަކާއި ސަފާރީތަކުން ބޮލަކަށް 500 ޑޮލަރު، ގެސްޓުހައުސްތަކުން 25 ޑޮލަރު މާރުކުރަން ދެން މަޖުބޫރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: އާ ގަވާއިދާއެކީ 37 އަހަރު ވެފައިވާ ބޭރު ފައިސާގެ ގަނެވިއްކުމުގެ ކުރީގެ ގަވާއިދު އުވުނީ -- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: އާ ގަވާއިދާއެކީ 37 އަހަރު ވެފައިވާ ބޭރު ފައިސާގެ ގަނެވިއްކުމުގެ ކުރީގެ ގަވާއިދު އުވުނީ -- ފޮޓޯ: އަދަދު ފައިލް

ޓޫރިޒަމަށް ވަންނަ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވައްދައި، ޑޮލަރު ތާށިކަން ހައްލުކުރަން ގެންނަ ބަދަލުތަކުގެ ދަށުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާާރުކުރަން އެމްއެމްއޭއިން މިއަދު މަޖުބޫރުކޮށްފި އެވެ.

ބޭރު ފައިސާއާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފެށުމުން މާޗު 1، 1987 އިން ފެށިގެން އަމަލުކުރަމުން އަންނަ، 37 އަހަރު ވެފައިވާ، ބޭރު ފައިސާގެ ގަވާއިދު އުވުނީ އެވެ.

އާ ގަވާއިދުގެ ދަށުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަން ވާނީ ދިވެހި ރުފިޔާއިންނެވެ. މިހެން ނަމަވެސް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކަށް ގިނަ އިސްތިސްނާތަކެއް އެ ގަވާއިދުގެ ތެރެއިން ލިބިފައިވެ އެވެ. އެއީ:

Advertisement
  • ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ހޭދަކުރާ ފައިސާ
  • ބޭންކުތަކާއި ފައިނޭންސިން ކުންފުނިތަކުން ދޭ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ރެމިޓެންސް ހިދުމަތްދޭ ވިޔަފާރިތަކާއި އެ ވިޔަފާރިތަކުން ކަސްޓަމަރުންނާ ކުރާ މުއާމަލާތްތައް
  • ޓޫރިޒަމް ދާއިރާގައި މުދަލާއި ހިދުމަތްދޭ ވިޔަފާރިތަކަށް އިންޝުއަރެންސް ކުންފުނިތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ބައިނަލްއަގުވާމީ މުއާމަލާތްތައް
  • ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލަކަށް ނުވަތަ ހިދުމަތަކަށް އެ ވިޔަފާރިއަކުން ބޭރު ފައިސާއިން އަގު އަދާކުރުން
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުން ނަމަ ޑިވިޑެންޑް ދިނުމާއި ހިއްސާދާރުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެ ވިއްކުން
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުން މުސާރަ އާއި އިނާޔަތް ބޭރު ފައިސާއިން ދިނުން
  • ޑިއުޓީ ފްރީ ފިހާރަތަކުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު

ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަން، އާ ގަވާއިދުގެ ދަށުން ވަނީ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީ ވާން 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި އަލަށް ރަޖިސްޓްރީ ކުރާ ވިޔަފާރިތަކުން ވެސް މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި މި ރަޖިސްޓްރޭޝަނަށް އެމްއެމްއޭއަށް ހުށަހަޅަން ޖެހެ އެވެ.

އޭގެ އިތުރުން އެމްއެމްއޭއިން ވަނީ ބޭންކުތަކަށް ހުރިހާ ފައިސާއެއް ޖަމާކުރުމަށާއި އެ އިދާރާއަށް ރިޕޯޓުކުރަން ވެސް ހަމަތަކެއް ކަނޑައަޅާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ތަފުސީލުތައް އެ އޮތޯރިޓީއަށް ހުށަހެޅުމާއި ކަނޑައެޅިފައިވާ މުއްދަތުގެ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރުން ނުވަތަ ޓްރާންސްފާ ކުރުމެވެ. މިގޮތުން ގިނަވެގެން ލިބެނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.

ހުރިހާ ފައިސާއެއް ބޭންކުތަކަށް ޖަމާކުރަން މަޖުބޫރުކޮށްފައިވާއިރު، މާރުކުރަން ޖެހެނީ ވަކި އަދަދެކެވެ. އެއީ ޓޫރިސްޓުން ރިސޯޓުތަކާއި އިންޓެގްރޭޓަޑް ރިސޯޓުތަކާއި ރިސޯޓު ހޮޓާތަކާއި ހޮޓާތަކުގެ އިތުރުން ޓޫރިސްޓު އުޅަނދުތަކާއި އެ ނޫން ވެސް އެ ފަދަ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރެވެ. މި ރޭޓުގައި ކޮންމެ މަހެއްގައި އަންނަ ޓުރިސްޓުންނަށް ޖެހޭ އަދަދު ބޭންކުން މާރުކުރަން މަޖުބޫރެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓުހައުސްތަކާއި އެ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ހުންނަ ތަންތަނުން މާރުކުރަން ޖެހެނީ ޓޫރިސްޓަކަށް 25 ޑޮލަރު ރޭޓުންނެވެ.

މިގޮތަށް މަޖުބޫރުކޮށްފައި އޮތަސް، ބޭރު ފައިސާއިން ޓެކްސް ދެއްކުމަށާއި ލޯނުތައް އަދާކުރުމަށާއި ނޫނީ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމެއްގެ ދަށުން ބޭރު ފައިސާ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެމްއެމްއޭއަށް ހުށަހަޅައިގެން މާރުކުރުމުގެ އިސްތިސްނާއެއް ހޯދެ އެވެ.

އާ ގަވާއިދުގެ ދަށުން ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު ޖެހިގެން އަންނަ ހަފުތާގެ ތެރޭގައި އެމްއެމްއޭއަށް ވިއްކަން ޖެހެ އެވެ. އަދި ބޭންކުތަކަށް ލިބޭ ހުރިހާ ބޭރު ފައިސާގެ ތަފުސީލުތައް އެ އިދާރާއަށް ހުށަހަޅަން ވެސް ޖެހެ އެވެ.

އެ ގަވާއިދާ ހިލާފުވާ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެމްއޭއަށް ލިބެ އެވެ. އަދި އެ އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ހިލާފު ރަނގަޅުކުރަން ދެން ދުވާލަކު 5،000ރ. އަށް ވުރެ އިތުރު ނުވާނެ އަދަދެއްގެ މަތިން ޖޫރިމަނާ ކުރަމުން ގެންދެވެ އެވެ.

އެ ގަވާއިދަށް އަމަލުކުރަން ފެށި ނަމަވެސް ބޭރު ފައިސާ ގެންގުޅުމާއި ބެހެއްޓުން އެއްވެސް މީހަކަށް މަނާ ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox