ފިނޭންސް މިނިސްޓަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި ޑރ. މުހައްމަދު ޝަފީގު މަގާމުގައި ހުންނެވި އިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ކުރިން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިއްޔެ ފިނޭންސް މިނިސްޓަރަކަށް ހަމަޖެއްސީ ފިނޭންސް މިނިސްޓަރުކަމުގައި އެހައިތަނަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމުން ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ކެބިނެޓަށް އިއްޔެ ގެނައި ބަދަލު އިއުލާނުކުރުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރުގައި ބުނި ގޮތުގައި ޝަފީގު އިސްތިއުފާ ދެއްވީ އިއްޔެ އެވެ.
އެހެން ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބާ ބެހޭ ގޮތުން ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ. އެކަމާ ބެހޭ ގޮތުން އޭނާ ވެސް އަދި ވާހަކައެއް ނުދައްކަވަ އެވެ.
ސަރުކާރުގެ މިނިސްޓަރީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފޮރިން މިނިސްޓަރަކަށް ހުންނެވި، މޫސާ ޒަމީރު ފިނޭންސް މިނިސްޓަރީއަށް ބަދަލު ކުރައްވައި، ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލު ފޮރިން މިނިސްޓަރީއަށް ބަދަލު ކުރައްވައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމުން އެ ބޭފުޅުން އިއްޔެ މަގާމުގެ ހުވާ ކުރެއްވި އެވެ.
ސަރުކާރުގެ މިނިސްޓަރީތަކަށް ބަދަލުތަކެއް ރައީސް މި ގެންނެވީ ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް މި ބަދަލުތަކާއި މާލީ ހާލަތާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޭނގެ އެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ފިނރުޓޭ
6 months ago
ހިސާބުތަށް އޮޅުވާލަންވެގެން ބީއެމްއެލް އިން ޓީބިލަށް އިންވެސްޓް ކުރުވީ އެހެން ބަޔަކަށް ބީއެމްއެލް އިން ލޯނު ދީގެން އެމީހުން ލައްވާ ކަމަށް ވަނީ!
އިސްމާލު2.0
6 months ago
ބޮޑަށް ބެލެވެނީ ހިސާބުތަކުގައި ދޮގުހަދަން ބުނީމައި އެކަމަށް އެގޮތަށް ޝަފީގަށް އެއްބަސް ނުވެވުނީކަމަށް. ދައުލަތުގެ އެކިއެކި ފަންޑް ބެލެންސްތައް މިފަހުން މެނިޕިއުލެޓްކޮށްފި ކަމަށް ތުހުމަތު ކުރެވޭ. އަދި، ބީއެމްއެލުން ޓީ ބިލަށް އިންވެސްޓްކޮށްފައި ނުކުރަމޭ ބުނެފި. އެހެންވީމާ، ހިސާބުތައް ޝާއިއުކުރާއިރު ކޮންމެވެސް ވަރަކަށް އޮޅުވާލަން ޖެހޭނެ.
Comment