Advertisement

އެފްކޮންސްގެ މުވައްޒަފަކު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނިއްޖެ

1 އޮކްޓޯބަރު 2024 - 04:57 0

ސާއިފް ޝިޔާދު

ސ

Advertisement

ބްރިޖު ސައިޓުގައި އެފްކޮންސްގެ ދެ މުވައްޒަފުން ހަރަކާތްތެރިވަނީ.


އެފްކޮންސްގެ މުވައްޒަފަކު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނިއްޖެ

1 އޮކްޓޯބަރު 2024 - 04:57 0

Advertisement

Advertisement

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްގެ މުވައްޒަފަކު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ރިޕޯޓުކުރީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

Advertisement

"އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އެ މީހާއަކީ މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ," ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

އެ މީހާ ފެނުނީ ކޮންތަނަކުން ކަމެއް އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންބައެއް ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

އެ އިދާރާއިން ވަނީ އެ މީހާގެ މަރު ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

Advertisement

ޖޫން 17, 2024 ގައި ވެސް ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ އެފްކޮންސްގެ އިންޑިއާ މުވައްޒަފަކު މަރުވެގެން ތަހުގީގެއް ފެށި އެވެ. އެ ތަހުގީގު ނިމުނު ގޮތެއް ފުލުހުން ހާމަ ނުކުރެ އެވެ.