Advertisement

ކެބިނެޓަށް ބޮޑު ބަދަލެއް: ހެލްތަށް ނާޒިމް، ފިނޭންސަށް ޒަމީރު، ފޮރިންއަށް ހަލީލު

about 2 hours 0

މިނިސްޓަރީތަކާ އަލަށް ހަވާލުވެވަޑައިގެންނެވި ބޭފުޅުންނަށް ފަތްކޮޅު އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް


ކެބިނެޓަށް ބޮޑު ބަދަލެއް: ހެލްތަށް ނާޒިމް، ފިނޭންސަށް ޒަމީރު، ފޮރިންއަށް ހަލީލު

about 2 hours 0

ސަރުކާރުގެ މިނިސްޓަރީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފޮރިން މިނިސްޓަރަކަށް ހުންނެވި، މޫސާ ޒަމީރު ފިނޭންސް މިނިސްޓަރީއަށް ބަދަލު ކުރައްވައި، ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލު ފޮރިން މިނިސްޓަރީއަށް ބަދަލު ކުރައްވައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވައިފި އެވެ.

އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަރުވައިފަ އެވެ. ނަމަވެސް އެ ބަދަލުތައް ގެނައި ސަބަބެއް ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

މިނިސްޓަރުންގެ މަގާމުތަކަށް ކުއްލި ބަދަލުތަކެއް ރައީސް ގެންނެވިއިރު، ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

ސަރުކާރުގެ މިނިސްޓަރީތަކަށް ބަދަލުތަކެއް ރައީސް މި ގެންނެވީ ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް މި ބަދަލުތަކާއި މާލީ ހާލަތާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޭނގެ އެވެ.