Advertisement

އުރީދޫގެ ޓެކްފިން މޯލްޑިވްސްއަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެންބަރު 2024 - 20:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫގެ ޓެކްފިން މޯލްޑިވްސްއަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެންބަރު 2024 - 20:09 0

އުރީދޫ މޯލްޑިވްސްގެ ސަބްސިޑަޔަރީ ކުންފުނި ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް ދޫކޮށްފި އެވެ.

އުރީދޫއިން ބުނީ އެ ލައިސަންސާއެކު ދިވެހިންނަށް އިނޮވޭޓިވް އަދި ރައްކާތެރި ޑިޖިޓަލް ފައިނޭންޝަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ދައުރު ފުޅާކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.

އެ ލައިސަންސާއެކު ގިނަ ބަޔަކު ބޭނުންކުރާ އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ އާއި ރެމިޓެންސްގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށުން މިހާރު މެނޭޖް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިއީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެ ޒަމާނީ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީއާ ގުޅިފައިވާ ފިޔަވަޅެއް،" އުރީދޫއިން ބުންޏެވެ.

އެމް-ފައިސާ ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުގައި މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ރެމިޓެންސްގެ ހިދުމަތް ހޯދުމުގައި ފަސޭހަ އަދި ހަރުދަނާ މަގެއް ވަނީ ފަހިކޮށްދީފަ އެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ، ޕެޓްރޯލް ޝެޑް ގެ ޕޭމަންޓް ދައްކާ، ގިނަ ފިހާރަ އަދި ކެފޭތަކެގައި ވެސް ފައިސާގެ މުއާމަލާތް ކުރެވޭއިރު ބަނޑޭރިޕޭގެ ތެރޭގައި ވެސް އެމް-ފައިސާ ހިމެނެ އެވެ.

އުރީދޫއިން ބުނީ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް ބަދަލުކޮށް، އުރީދޫއިން ދަނީ ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދީ، ހަރުދަނާ ޑިޖިޓަލް ފައިނޭންޝަލް އިކޯސިސްޓަމެއް ގާއިމުކުރުމުގެ ވައުދު އިތުރަށް ހަރުދަނާ ކުރަމުން ކަމަށެވެ.