Advertisement

އިސްލާހީ ހަރަކާތުގެ ފޮޓޯގްރާފަރު ޖައުހަރީ މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

30 ސެޕްޓެންބަރު 2024 - 18:36 2

ފޮޓޯގްރާފަރު ޖައުހަރީ މަސައްކަތުގައި. އޭނާ އަކީ އިސްލާހީ ހަރަކާތުގެ މުހިއްމު ހަރަކާތްތެރިއެއް.


އިސްލާހީ ހަރަކާތުގެ ފޮޓޯގްރާފަރު ޖައުހަރީ މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

30 ސެޕްޓެންބަރު 2024 - 18:36 2

ރާއްޖޭގައި މިހާރު މި އޮތް ވެރިކަމުގެ ނިޒާމު ގެންނަން، ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި ވަރުގަދަ "އިސްލާހީ ހަރަކާތް" ފޮޓޯ ނެގުމުގެ އިތުރުން އެ ހަރަކާތުގައި ވަރުގަދައަށް ބައިވެރި ފޮޓޯގްރާފަރު ، ހ.ވެލަސްފަރުގެ، އިބްރާހީމް ޖައުހަރީ، މޫދުގައި ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.

އުސްފަސްގަނޑާ ދިމާލުން މޫދުގައި އޭނާ ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހަވީރު 5:06 އެހާކަށް ހާއިރު އެވެ.

އެނގިފައިވާ ގޮތުގައި ޖައުހަރީ މިއަދު މެންދުރުފަހު އުސްފަސްގަނޑު ސަަރަހައްދަށް ދިޔައީ އާދައިގެ މަތިން، ތޮށިގަނޑުމަތިން ދޮށި އެއްލައިގެން މަސް ބާނާށެވެ.

ފުލުހުން ބުނި ގޮތުގައި ޖައުހަރީ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެކަމާ ބެހޭ ގޮތުން ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖައުހަރީ އަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައި އޭރުގެ ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތައް ފޮޓޯ ނެގުމުގައި ވަަރަށް ހަރަކާތްތެރިކޮށް އުޅުނު މީހެކެވެ. އެކަމުގެ ތެރޭގައި އެތައް ފަހަރަކު އޭނާ ހައްޔަރުވެސް ކުރި އެވެ.

އޭނާ އަކީ ދޮންނަމެޝިނާއި އިލެކްޓްރޯނިކް އެހެން ބައެއް އާލާތްތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރި ހުނަރުވެރި މީހެކެވެ.