Advertisement

ޖަލުގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިފި

މާފުށި ޖަލު: ޖަލުގައި މަރުވި މީހެއްގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައި


ޖަލުގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިފި

މާފުށި ޖަލުގައި އަމިއްލައަށް މަރުވި ގ. އެއްތެޔޮމާގެ، އަބްދުލް ޣަނީ އިސްމާއީލް، 62، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ގެންދިޔައީ އިއްޔެ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އަބްދުލް ޣަނީ އިސްމާއީލް ގޮޅީގައި ދަންޖެހިގެން އަމިއްލައަށް މަރުވީ ސެޕްޓެމްބަރު 24، ގެ ހެނދުނު 6:52 ގައި ކަމަށާއި އޭނާ މާފުށި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އަބްދުލް ޣަނީ އިސްމާއީލްއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އަބްދުލް ޣަނީ އިސްމާއީލްގެ މަރުގެ މައްސަލަ އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓަގިރިޓީ ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު 2، ގައި އާދަމް އަތުހަރު، 32، މަރުވި އެވެ. އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށްފަހު މަރުވީ ދަންޖެހިގެން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.