Advertisement

ލަންކާ ސަރުކާރުގެ ވެރިން ގެންގުޅުނު އަގުބޮޑު ކާރުތައް އާންމު ހިދުމަތަށް ބޭނުންކުރަނީ

29 ސެޕްޓެންބަރު 2024 - 09:44 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލަންކާ ސަރުކާރުގެ ވެރިން ގެންގުޅުނު އަގުބޮޑު ކާރުތައް: އެ ކާރުތައް އާންމު ހިދުމަތަށް ބޭނުން ކުރަން ވަނީ ނިންމާފައި -- ފޮޓޯ: އެކްސް


ލަންކާ ސަރުކާރުގެ ވެރިން ގެންގުޅުނު އަގުބޮޑު ކާރުތައް އާންމު ހިދުމަތަށް ބޭނުންކުރަނީ

29 ސެޕްޓެންބަރު 2024 - 09:44 0

ސްރީ ލަންކާ ސަރުކާރުގެ ވެރިން ގެންގުޅުނު އަގުބޮޑު ކާރުތައް އާންމު ހިދުމަތަށް ނެރުމަށް ނިންމައިފި އެވެ.

ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިން ގެންގުޅުނު އަގުބޮޑު ކާރުތައް އާންމު ހިދުމަތަށް ބޭނުން ކުރުމަށް އަންގާފައިވާ ކަމަށެވެ.

ޑިސަނަޔަކެ ވެރިކަމާ ހަވާލުވުމާއެކު، ކުރީ ސަރުކާރުގެ ވެރިން ގެންގުޅުނު އަގުބޮޑު ކާރުތައް އޮންނަ އުސޫލުގެ ތެރެއިން އާ ސަރުކާރާ ހަވާލު ކުރުމުގެ ބަދަލުގައި މަގުތަކަށް ވަނީ ދޫކޮށްލާފަ އެވެ.

"މަގުތަކަށް ކާރުތައް ދޫކޮށްލި މީހުންގެ މައްސަލަތައް ބަލާނެ. އެއީ ކޮން ބަޔަކަށް ދިން ކާރުތަކެއްތޯ ވެސް ބަލާނެ،" ޑިސަނަޔަކެ ޕާޓީގެ މެންބަރު ވަސަންތާ ވިދާޅުވި އެވެ.

މަގުތަކަށް ދޫކޮށްލި ކާރުތަކުގެ ތެރޭގައި ޓޮޔޯޓާ ލޭންޑް ކްރޫޒާސް، އެސްޔޫވީތައް ހިމެނޭއިރު، މަގުތަކަށް ދޫކޮށްލިީ 833 ކާރުގެ ތެރެއިން 580 ކާރެވެ. ބާކީ 253 ކާރު ވީ ތަނެއް ނޭގެ އެވެ.

ލަންކާގެ ނުވަ ވަނަ ރައީސް ޑިސަނަޔަކެ ލަންކާގެ ވެރިކަމާ ހަވާލުވީ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަން ނައްތާލައި، ކުރިން ހިންގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ބަލާނެ ކަމަށް ވައުދުވެގެންނެވެ.

ލަންކާގެ ރައީސްކަމަށް ޑިސެނަޔަކެ އިންތިހާބުވުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ކަމަކަށެވެ. އިންތިހާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ކުރިން ގިނަ ބަޔަކު ގަބޫލު ނުކުރެ އެވެ.